ބޮލީވުޑްގެ ތަރި ޓައިގަރ ޝްރޯޕް ހޮލީވުޑުގެ ފިލްމެއް ކުޅެން އުޅޭ ކަމަށް ހަބަރުތައް ބުނެފިއެވެ.
ބޮޑު ބަޖެޓަކުން ތައްޔާރު ކުރާ މި ފިލްމް ވެގެން ދާނީ ޓައިގާގެ ފުރަތަމަ ހޮލީވުޑް ފިލްމަށެވެ.
މުމްބާއި މިރަރ ގައި ރިޕޯޓް ކޮށްފައިވާ ގޮތުން މަޝްހޫރު ސީރީޒް އެއް ކަމަށްވާ "މޯޓަލް ކޮމްބެޓް" ގެ ޕްރޮޑިއުސަރ ލައުރެންސް ކެސަނޮފް ވަނީ މުމްބާއީ އަށް ގޮސް ޓައިގާ އާއި ބައްދަލުކޮށް މިފިލްމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ލައުރެންސް އާއި އެކު އެމީ އެވޯޑް ހާސިލް ކޮށްފައިވާ ބެޓްމޭން ސީރީޒްގެ ރައިޓަރ ސިއަން ކެތްރިން ޑިރެކް ވެސް ވަނީ މުމްބާއިއަށް ގޮސްފައެވެ.
މި ފިލްމް ވެގެންދާނީ އެކްޝަން ފިލްމަކަށް ކަމަށް ޚަބަރުތައް ބުނެއެވެ.
މި ޕްރޮޖްކެޓްގައި އެއް އަހަރު ވަންދެން މަސައްކަތް ކުރި ވެޓްރަން އެކްޓަރ ގުލްޝަން ގްރޯވާގެ ފިރިހެން ދަރިފުޅު ސަންޖޭ ގްރޯވާ ވެސް މި ބައްދަލުވުމުގައި ބައިވެރި ވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ލެރީ މި ސްކްރިޕްޓް ސަންޖޭ އާއި ހިއްސާ ކުރުމުން މި ފިލްމަށް ޓާއިގާގެ ނަން ރިކޮމެންޑް ކޮށްފައި ވަނީ ސަންޖޭ ކަމަށް ޚަބަރުތައް ބުނެއެވެ.
ޓާއިގާ އާއި ސަންޖޭ އަކީ އެއްކޮށް ސްކޫލުގައި ކިޔަން އުޅުނު ދެ ރަހުމަތްތެރިންނެވެ.
ޓައިގާ މާޝަލް އާޓްސްގެ ތަމްރީން ހަދާފައިވާތީ އާއި އޭނާގެ ފޭން ކްލަބް ފެނި އޭނާއާއި ދޭތެރޭ ލެރީ އާއި ޓީމުން ތިބީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށް ޚާބަރުތައް ބުނެއެވެ.
ޓައިގަރއަށް ލިބުނު މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދިއްޖެނަމަ ޖެކީ ޗަން އާއި، ޗަކް ނޮރިސް އަދި ބުރުސްލީގެ އަންހެން ދަރިފުޅު ޝެނޮން ލީ އާއި ތަޅާފޮޅާ މަންޒަރު ދައްކައިދޭ ފިލްމުތައް ފެނުމުގެ ފުރުސަތު ބޮޑެވެ.
މިވަގުތު ޓައިގާ ދަނީ ބޮލީވުޑްގެ ގިނަ ފިލްމް ތަކެއްގައި މަސައްކަތް ކުރަމުންނެވެ. ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިންނެވެ. މި ފިލްމުގައި ޓައިގާ އާއި އެކު ދެން ފެނިގެންދާނީ ބޮލީވުޑަށް އަލަށް ތަޢާރަފް ވާ ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތައިރިއާ އެވެ.
މީގެ އިތުރުން ޔާޝް ރާޖް ގެ ފިލްމަކުން އޭނާގެ ކުޑައިރުގެ އައިޑޮލް އަކަށް ބަލާ ރިތިކް ރޯޝަން އާއި އެކު ފެނިގެން ދާނެ އެވެ.