ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 20:09
ކ-ވ: ތ. ތިމަރަފުށި، ބިސްގެ، ޢަލީ ލިޝާމް (26އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ރަސެލް މިއާ އާއި ލ. ގަން/މަތިމަރަދޫ، ލިލީބީޗް، އަޙްމަދު ފާއިޒް (26އ) --
ކ-ވ: ތ. ތިމަރަފުށި، ބިސްގެ، ޢަލީ ލިޝާމް (26އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ރަސެލް މިއާ އާއި ލ. ގަން/މަތިމަރަދޫ، ލިލީބީޗް، އަޙްމަދު ފާއިޒް (26އ) --
ގޫގުލް
ހޯދާ މީހުން
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
އެކަކު ހޯދަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ
އަނެއް ދެ މީހުން ހޯދަނީ ފުލުހުންނަށް ހުށަހެޅިފައިވާ ވައްކަމުގެ ދެ މައްސަލައެއްގަ

ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަށް ފުލުހުން އިއުލާން ކޮށްފި އެވެ.

 

ފުލުހުން ބުނީ އެ މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ބިސްގެ، އަލީ ލިޝާމް (26އ) އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ރަސެލް މިއާ އާއި ލ. ގަން/މަތިމަރަދޫ، ލިލީބީޗް، އަހުމަދު ފާއިޒް (26އ) ކަމަށެވެ.

 

ފުލުހުން ބުނީ އަލީ ލިޝާމް ހޯދަމުންދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އެމައްސަލައިގެ ތަހުގީގަށް ކަމަށެވެ. ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ރަސެލް މިއާ ހޯދަމުންދަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށާއި އަދި އަހުމަދު ފާއިޒް ހޯދަމުންދަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ޕޮލިސް ސްޓޭޝަނުން ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

 

- ކޮމެންޓް