ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 20:01
ފުލުހުން މަސްތުވާތަކެތި ނައްތާލަނީ
ފުލުހުން މަސްތުވާތަކެތި ނައްތާލަނީ
ގޫގުލް
މަސްތުވާތަކެތި
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
އެ 96 މައްސަލާގައި 168 އެވިޑެންސް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނޭ

ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ތުހުމަތެއް ނެތް ހިކި މަސްތުވާތަކެތި ނައްތާލައިފިއެވެ.

 

ފުލުހުންގެ މީޑިއާ އިން ބުނީ މި ޖެނުއަރީ 28 ވަނަ ދުވަހު ދޫނިދޫގައި އެ ތަކެތި ނައްތާލައިފައި ވަނީ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ގަވައިދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ ހާޒިރުގަ ކަމަށެވެ.

 

ފުލުހުން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން 96 މައްސަލައެއްގައި ހިމެނޭ އެއްވެސް ތުހުމަތެއް ނެތް މަސްތުވާ ތަކެތި ކަމަށެވެ.

 

އެގޮތުން އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2011 ވަނަ އަހަރުގެ އެއް މައްސަލައަކާއި 2012 ވަނަ އަހަރުގެ 33 މައްސަލައަކާއި 2013 ވަނަ އަހަރުގެ ނުވަ މައްސަލައަކާއި 2014 ވަނަ އަހަރުގެ 25 މައްސަލައެއްގެ އިތުރުން 2016 ވަނަ އަހަރުގެ 28 މައްސަލައެއް އަތިލައިގަނެވުނު މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.

 

ފުލުހުން ބުނީ 96 މައްސަލައެއްގައި ހިމެނޭ 168 އެވިޑެންސެއް ނައްތާލާފައިވާއިރު މިތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 575 ރަބަރު ޕެކެޓާއި 310 ސެލޯފިންކޮޅާއި ހުސްޕެކެޓްގެ 27 ޕެކެޓާއި އެހެނިހެން 46 ތަކެތި ކަމަށެވެ. ނައްތާލި ހިކި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 45.1511 ގްރާމް ހެރޮއިން އާއި 223.0892 ގްރާމް ކެނެބިސް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

 

 

 

- ކޮމެންޓް