ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 16:47
ދެ ކޮރެއާގެ ވެރިން މި އަހަރުގެ ކުރީކޮޅު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ދެ ކޮރެއާގެ ވެރިން މި އަހަރުގެ ކުރީކޮޅު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ގެޓީ އިމޭޖަސް
އުތުރު ކޮރެއާގެ މައްސަލަ
ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި މަޝްވަރާކުރުމަށް ދެކުނު ކޮރެއާގެ ރައީސް އުތުރު ކޮރެއާއަށް
ބައްދަލުވުމުގެ ތަފްސީލެއް ނުލިބޭ
މަޝްވަރާ ކުރެވޭނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އަމަލީ ގޮތުން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން

މިހާރު ހުއްޓިފައިވާ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ މަޝްވަރާތައް އަލުން ފެށުމުގެ އުއްމީދުގައި ދެ ކޮރެއާގެ ވެރިން ބައްދަލުވުމަށް ތައްޔާރުވެ ވަޑައިގެންފިއެވެ.

މި އަހަރު ފެށުނީއްސުރެ އުތުރު ކޮރެއާ އިން ވަނީ ކުރިން ނުފެންނަ ފަދަ މަންޒަރުތަކެއް ދައްކައި ދެކުނު ކޮރެއާ އާއި އެމެރިކާއާ އެކު މަޝްވަރާކުރުމަށް އެއްބަަސްވެ މަޝްވަރާތައް ފަށާފައެވެ.

އެމެރިކާއާ އެކު ކުރިއަށް ގެންދިޔަ ވާހަކަތައް މަރުތަޅު އެޅިފައިވާއިރު ދެ ގައުމުން އެއްްބަސްވެފައި ވަނީ ވަރަށް އާއްމު ލަނޑުދަނޑިތަކަކަށެވެ.

އެމެރިކާ އާއި އުތުރު ކޮރެއާގެ މަޝްވަރާތަކުގެ މައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އެމެރިކާ އިންނެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ތިން ދުވަހުގެ ދަތުރުފުޅެއްގައި އަންގާރަ ދުވަހު އުތުރު ކޮރެއާއަށް ވަޑައިގަންނަވާނެއެވެ.

މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އުތުރު ކޮރެއާގެ ލީޑަރަކު ދެކޮނު ކޮރެއާގެ ވެރިރަށަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ.

މީގެ އިތުރުން މި އަހަރުގެ އޭޕްރީލް މަހު ބޭއްވެވި ތާރީޚީ ބައްދަލުވުމަށް ފަހު ދެ ބޭފުޅުން ބާއްވަވާ މިއީ ތިން ވަނަ ބައްދަލުވުމެވެ.

ދެ ކޮރެއާގެ ދެމެދުގައި ކުރި ހަނގުރާމަ 1953 ވަނަ އަހަރު ނިންމާލާފައިވީ ނަމަވެސް ހަނގުރާމަ ނިންމާލިކަމުގެ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ.

ދެ ގައުމުގެ ވެރިންގެ މި ފަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އަމަލީ ގޮތުން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން ނަމަވެސް އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް