ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 16:11
މަޝްހޫރު އެކްޓްރެސް ތައްބޫ
މަޝްހޫރު އެކްޓްރެސް ތައްބޫ
ގޫގުލް
ތައްބޫ
ތައްބޫ އަށް "ގޯލްމާލް އެގެއިން" އިން ފުރުސަތު ދީފި
ގޯލްމާލް ފިލްމު ސީރީސް އަކީ 2006 ވަނަ އަހަރުއްސުރެ ނެރެމުން އަންނަ ސީރީސްއެއް
ގޯލްމާލް ސީރީސް ގައި ހިމެނުމަށް ފުރުސަތު ލިބުމުން ހައިރާނެއް ނުވޭ: ތާބޫ

މަޝްހޫރު އެކްޓްރެސް ތައްބޫ އަށް "ގޯލްމާލް އެގެއިން" ފިލްމުން ފުރުސަތު ދީފި އެވެ.

 

އާންމުކޮށް ކޮމެޑީ ފިލްމުތަކުން ނުފެންނަ ތައްބޫ އަށް "ގޯލްމާލް" އެގެއިން އިން ފުރުސަތު ދިން އިރު އޭނާ ބުނީ ފިލްމް ކުޅެން ހުށަހެޅުމުން ފުރަތަމަ އެކަމާ ހައިރާން ނުވާ ކަމަށާއި، ގޯލްމާލް ސީރީސް އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ.

 

"ގޯލްމާލް" ސީރީސް ގައި ހިމެނުމަށް ފުރުސަތު ލިބުމުން އެކަމާ އުފާވާ ކަމަށް ފާހަގަކުރަމުން ތައްބޫ ބުނީ އެ ފިލްމުގައި އަޖޭ ދޭވްގަން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އަޖޭމެން ފަދަ ރަހްމަތްތެރިންނާއެކު ފިލްމުކުޅެން ފުރުސަތު ލިބުމަކީ ލިބޭ އިތުރު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

 

އާންމުކޮށް ސީރިއަސް ފިލްމުތަކުން ފެންނަ ތައްބޫ ބުނީ އެކަކަށް ވެސް އަބަދު ނުހެވޭނެ ކަމަށާއި، އެހެން ނަމަވެސް ކޮމެޑީ އަށް އޭނާ ލޯބިކުރާވާ ވަރު އޭނާއާ ގާތް މީހުންނަށް އެނގޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އޭނާއާ އެއްކޮށް އުޅެނީ ހުސް މަޖާކުރާ މީހުން ކަމަށެވެ.

 

ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ދިލިން މެހެތާ ޕްރޮޑިއުސްކުރަމުން އަންނަ "ގޯލްމާލް" ފިލްމު ސީރީސްއަކީ 2006 ވަނަ އަހަރުއްސުރެ ނެރެމުން އަންނަ ސީރީސް އެކެވެ. "ގޯލްމާލް"އަކީ ބޮލީވުޑްގައި އެންމެ ހިނގަމުން އަންނަ ހަތަރުވަނަ ފިލްމް ސީރީސް އެވެ.

 

 

- ކޮމެންޓް