ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 20:18
ލަންޑަންގެ މޭޔަރ ސާދިގު ޚާންގެ އިތުރުން އެތައް ބަޔަކުދަނީ އިތުރު ވޯޓެއް ނެގުމަށް ގޮވާލަމުން
ލަންޑަންގެ މޭޔަރ ސާދިގު ޚާންގެ އިތުރުން އެތައް ބަޔަކުދަނީ އިތުރު ވޯޓެއް ނެގުމަށް ގޮވާލަމުން
ބީބީސީ
ބްރެކްސިޓް
އީޔޫއިން ވަކިވުމާމެދު އަނެއްކާވެސް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ލަންޑަންގެ މޭޔަރު ގޮވާލައްވައފި
ފެންނަ ނުފެންނަވޯޓް ނަގާފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހު
އީޔޫއިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ ވޯޓްލިބުނު

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުގައި ދެމި އޮތުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ލަންޑަންގެ މޭޔަރ ސާދިގް ޚާން އަނެއްކާވެސް ގޮވާލައްވައިފިއެވެ.

އޮބްޒަރވަރ ނޫހުގައި ޝާއިއުކޮށްފައިވާ އެޑިޓޯރިއަލްއެއްގައި ޚާންވަނީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވެއްޖެނަމަ ވަޒީފާތައް ގެއްލުމާއި އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ވެދާނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

ޚާންވަނީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތައް ބޮޑުވަޒީރު ތެރީސާ މޭ ކުރިއަށް ގެންދަވާ ގޮތަށް ވެސް ފާޑު ވިދާޅުވެފައެވެ.

ޚާން ވިދާޅުވީ ކޮންމެ މަރުހަލާ އެއްވެސް ގެންދަވަނީ ތައްޔާރުވެވަޑައިނުގެން ކަމަށާއި އެކަމުގެ ސަބަބުން ނުބައި މިސްރާބަށްދާ ކަމަށެވެ

މީގެ އިތުރުން ޚާން ވަނީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ބެހޭ ޕްލޭނާ މެދު ސަރުކާރުގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތައް އިތުރުވެ، މަޤާމުން އިސްތިއުފާ ދެއްވި ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަންއަށްވެސް ފާޑުވިދާޅުވެފައެވެ. ޖޯންސަން ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ މަންފާއަށް އިސްކަން ދެއްވާފައި ކަމަށް ޚާން ވަނީ ތުހުމަތު ކުރައްވާފައެވެ.

އިނގިރޭސި ވިލާތުގެ އިއްތިހާދުން ވަކިވުމާމެދު ފެންނަ ނުފެންނަ ގޮތް ބެލުމަށް ވޯޓް ނެގިތާ ސީދާ ދެ އަހަރު ފުރުނު ދުވަހު ވެރިރަށް ލަންޑަންގައި އެތައް ހާސް ބަޔަކު ވަނީ އީޔޫއިން ވަކިވުމާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.

މުޒާހަރާގައި ގޮވާލާފައި ވަނީ 28 މެމްބަރުންގެ އެ ޖަމާއަތުން ވަކިވުމުގެ ކުރިން ރައްޔިތުންގެ އެންމެ ފަހު ބަހެއް ހޯދުމަށް އިތުރު ވޯޓެއް ނެގުމަށެވެ.

މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫއިން ވަކިވުމަށް ފެންނަ ކަމަށް 52 ޕަސެންޓް ވޯޓް ލިބިފައިވެއެވެ. ވޯޓަށް ފަހު އެ ގައުމު އީޔޫއިން ވަކިވުމުގެ މަޝްވަރަތައް ފެށިފައިވާއިރު އެ މަސައްކަތް ދަނީ މަޑު ދުވެއްޔެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް