ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 09:36
ރަހުމާ މަހްމޫދު
ރަހުމާ މަހްމޫދު
ދިރާގު
ދިރާގު
ދިރާގު މޯލްޑިވްސް އެރޯޕްރެސް ޗެމްޕިއަންކަން ރަހުމާއަށް
މިދިޔަ އަހަރުވެސް އެއްވަނަ ހޯދީ ރަހުމާ
އޭނާ ވެގެންދާނީ އޮސްޓްރޭލިއާގެ ސިޑްނީގައި އޮންނަ ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިޔާއަށް

"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 - އަ ގެދަރިންގ ފޯރ ކޮފީ ލަވަރސް" ޗެމްޕިއަންކަން ރަހުމާ މަހްމޫދު ކާމިޔާބުކޮށްފިއެވެ. 

ދިރާގު މޯލްޑިވްސް އެރޯޕްރެސްގެ ޗެމްޕިއަންކަން ރަހުމާއަށް ލިބުމާއެކު އޭނާ ވެގެންދާނީ އޮސްޓްރޭލިއާގެ ސިޑްނީގައި އޮންނަ ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިޔާ އަށެވެ.

ރާއްޖޭގެ ދިވެހި ޒުވާނުންނަށް އަމާޒުކޮށް ބާއްވަމުން އަންނަ ކޮފީ ތައްޔާރުކުރުމުގެ ހުނަރު ދައްކާލުމުގެ މުބާރާތް ބާއްވާފައިވަނީ ރަސްރަނި ބަގީޗާގައި ހުކުރު ދުވަހުއެވެ.  ރަހުމާއަށް ވަނީ މިދިޔަ އަހަރު ވެސް އެމުބާރާތުން އެއްވަނަ ހޯދާފައެވެ.

އެ މުބާރާތުން ދެ ވަނަ ހޯދާފައިވަނީ ހައްވާ ޝަހާ އަދި ތިން ވަނަ ހޯދާފައިވަނީ އަބްދުލް މުމީތު އެވެ.

ސިޑްނީގައި ކުރިއަށްގެންދާ އެ މުބާރާތުގެ ރަހުމާގެ ހުރިހާ ހަރަދެއް ކުރުމަށް ނިންމާފައިވަނީ ދިރާގުންނެވެ. ދިރާގަކީ މި  މުބާރާތުގެ މައި ސްޕޮންސަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް