އިއްޔެގެ ހުކުރު ޚުތުބާއާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ ޝުކުރު އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރަށް އަދާކުރައްވައިފިއެވެ.
ހުކުރު ޚުތުބާ ހާއްސަކޮށްފައި ވަނީ "ސިހުރު ހާހޫރައިގެ ނުބައިކަމުގެ" މައްޗަށެވެ.
ސިހުރުވެރިޔާއަކީ އިންސީންގެ ތެރޭގައި ހިމެނޭ ޝައިތާނެއް ކަމަށާއި އޭނާގެ މަގުސަދަކީ ޖީބު ތަނަވަސް ކުރުން ކަމަށާއި މަކަރާއި ހީލަތަކީ އޭނާގެ ސިފައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އިޔާޒުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ހުކުރު ޚުތުބާ ވަރަށް ފުރިހަމަ ކަމަށާއި މިނިސްޓަރ ބާގިރަށް ޝުކުރު އަދާކުރައްވާކަމަށެވެ.
Miadhuge hukuru khuthuba v furihama. Shukriyya @Dr_AhmedZiyad
— Dr Mohamed Iyaz (@dr_iyaz) September 14, 2018
ހުކުރު ދުވަހުގެ ހުކުރު ޚުތުބާއާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވެސް ވަނީ ތައުރީފު ކުރައްވާ ޓްވީޓު ކުރައްވާފައެވެ. ހުތުބާއަކީ "ހަމަ ސަތޭކަ އިން ސަތޭކަ" ފުރިހަމަ ހުތުބާއެއް ކަމަށް ޝައިހް ޒައިދް ވިދާޅުވިއެވެ. އަދި ސިހުރުގެ ނުބައިކަމާއި ސިހުރުވެރިންގެ ހުކުމާއި ސިހުރުވެރިން ކައިރިއަށްދާ މީހުންގެ ހުކުމާއި، ސިހުރު ހަދުވާ މީހާގެ ހުކުމް ވަރަށް ފުރިހަމައަށް މިއަދުގެ ހުކުރު ހުތުބާއިން ސާފުކޮށް ގެނެސްދީފި ކަމަށެވެ.
Allah Akbar!!!
— Ali Zaid (@alizaid1000) September 14, 2018
what a khuthbaa!!!...hama 100/100.
Sihuruge nubaikan, sihuruveringe hukum, sihuru verin kairiah dhaa meehunge hukum, sihuru hadhuvaa meehaage hukum...v saafu.
ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެފަދަ ހުތުބާއެއް ރާއްޖޭގެ މިސްކިތްތަކުގައި އިއްވާފައި ވަނީ ސިހުރުގެ އަޑު ގަދަވެފައިވަނިކޮށެވެ. ކަންކަން ހާސިލު ކުރުމަށާއި އެކިކަން ކަމަށް އެދި ސިހުރު ހަދައި، ހާމުދުރުންގެ ވަސްވާހުގައި އިސް ވެރިޔަކު ގެއްލިދާ ކަމަށް ބުނަމުންދަނިކޮށެވެ.