ފީވަކުގައި މަރުވި މީހަކު އެމްބިއުލާންސް އަށް އަރުވައިގެން ކޮށްޕާފައި ހިނަވާގެއަށް ގެންދަން ޖެހިއްޖެ އެވެ.
ފީވަކުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ށ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރަން އުޅެނިކޮށް ނިޔާވި ފީވަކު މީހާ ރިސޯޓުން ގެނެސް ހިނަވާ ގެއަށް ގެންދިޔަ އެމްބިއުލާންސްއަކީ ހަލާކުވެފައި އޮންތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އުޅަނދެކެވެ.
ރާއްޖެއެމްވީއަށް ލިބިފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އެމްބިއުލާންސް ހިނަވާގެއަށް ގެންދިޔައީ ދިހަ ވަރަކަށް މީހުން ކޮށްޕަމުންނެވެ.
އެއީ ވަރަށް ހިތްދަތި މަންޒަރެއް ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
އެ ރަށުގެ ސިއްހީ ނިޒާމު ހާލަތު އެހާ ދަށަށް ގޮސްފައިވާއިރު ވެސް، ސިއްހީ މަރުކަޒު ހިންގަވަން ހުންނެވި ފަރާތް ހުންނެވީ މުސާރަ ނުލިބޭ ޗުއްޓީއެއްގައި ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ވިދާޅުވި އެވެ.