ބައެއް މީހުން ދަނީ ރާއްޖޭގައި އޮތް ވަކި ޕާޓީއަކީ ސީދާ އިސްލާމްދީން ކަމަށް ދައްކަމުން ކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.އައްޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބައެއް މީހުން ދަނީ މިތާ އޮތް ވަކި ޕާޓީއަކީ ސީދާ އިސްލާމްދީން ކަމަށް ދައްކައި، ދެންތިބި އެންމެންނަކީ ސީދާ ކުފުރަށް ވާގިވެރިވާ ބައެއްކަމަށް ތުހުމަތު ކުރަމުން ކަމަށެވެ.
އެންމެނަށް ރައްދުވާގޮތަށް މިފަދަ ބޮޑު ތުހުމަތެއް ކުރާއިރު މިކުރެވެނީ ކިހާބޮޑު ނުބައި ކަމެއްކަން ހިތަށް އަރާބާއޭ ވިދާޅުވެ ޝައިޚް ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.
baeh meehun danee mithaa oi vaki party akee seedhaa islam deen kamah dakkai, dhen thibi enmennakee seedhaa kufrah vaagiverivaa baeh kamah thuhumath kuramun. migothah enmenah rahduvaa gothah mifada bodu thuhumatheh kuraairu hithah araabaa mikurevenee kihai bodu nubai kameh kan?!
— Ali Zaid (@alizaid1000) September 12, 2018
ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމުން ދަނީ ރައީސް ޔާމީން ނޫން އެހެން މީހަކު ރާއްޖޭގެ ވެރިކަމަށް ހޮވައިފިނަމަ ރާއްޖެއިން އިސްލާމްދީން ފުހެވިދާނެ ކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަ ދައްކަމުންނެވެ. އަދި ރާއްޖޭގައި އިސްލާމްދީން ބާއްވަން ބޭނުންވާނަމަ ޕީޕީއެމް ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީނަށް ވޯޓު ދިނުމަށް ޕީޕީއެމުން ދަނީ ގޮވާލަމުންނެވެ.
މީގެއިތުރުން ގުޅިފައިވާ ޕާޓީތަކަކީ ބޭރުމީހުންނާ ގުޅިގެން ރާއްޖެއަށް އެހެން ދީންތައް ގެންނަން މަސައްކަތް ކުރަމުންދާ ބައެއް ކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު ވެގެންދާނީ މިހާތަނަށް ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތަކަށް ކަމަށެވެ.