ޗާންދަނީ މަގުގައި ހުންނަ އިލެކްޓްރޯނިކް ސާމާނު ވިއްކާ "ކޮމް ޝޮޕް"ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ހުންނަ މި ފިހާރައިގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މެންދަމު 3:22 ގައި ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމްގެ މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ 3:28 ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާލީ ފެންޖަހައިގެން ކަމަށާއި، ރޯވެފައި ހުރީ ފިހާރައިގައި ހުރި ކަރުދާސް ފައިލް ތަކެއްގައި ކަމަށެވެ.
އަލިފާން ރޯވާން މެދުވެރި ސަބަބު އެމްއެންޑީއެފުން ހާމަކޮށްފައިނުވާއިރު، މިފިހާރައަށް ލިބުނު ގެއްލުމުގެ ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފައެވެ.