ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:13
ދިރާގު ފެމިލީ ޑޭ
ދިރާގު ފެމިލީ ޑޭ
ދިރާގު
ދިރާގު
ދިރާގު ފެމިލީ ޑޭ މިއަހަރު ވިންޓަރ ޕާރކުގައި!
ދިރާގުން ބުނީ، އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށް

ދިރާގުން ކޮންމެ އަހަރަކު ބާއްވާ މުވަޒަފުންގެ މިއަހަރުގެ "ފެމިލީ ޑޭ" ރަސްރަނި ބަގީޗާގެ ވިންޓަރ ޕާރކުގައި ބާއްވައިފިއެވެ.

ދިރާގު ފެމިލީ ޑޭއަކީ ކޮންމެ އަހަރަކު މުވަޒަފުންގެ އާއިލާތަކާ އެއްކޮށް ވަގުތު ހޭދަކޮށްލަން ބާއްވާ ދުވަހެކެވެ. ކޮންމެ އަހަރަކު ވެސް ދިރާގު ފެމިލީ ޑޭ އޮންނަނީ ތަފާތު ތަނެއްގައިއެވެ.

އެކުންފުނިން ބުނީ، އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. މުވައްޒަފުންގެ މަންފާ އާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމަށާއި، މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެކުންފނިން ބުނެއެވެ. ދިރާގު ފެމިލީ ޑޭއަކީ ދިރާގުން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލު އެންމެ ފުރިހަމަ އެއް ކުންފުންޏެވެ.

ދިރާގު މުވައްޒަފުންގެ ޖަމިއްޔާ "އީ ކްލަބް" އިން ބުނީ މި ފަދަ ހަރަކާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން އޮފީހުގެ މާހައުލާއި ދުރުން މަޖާކޮށް އަދި އުފާކޮށްލުމުގެ ފުރުސަތު ހުޅުވައިދީ މުވައްޒަފުންގެ ހިންހަމަޖެހުން އިތުރު ކުރުވުން ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަނަލް ސެންޓަރުތަކުގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެގޮތުން ކޮންމެ އަހަރަކު ކޮންމެ ރީޖަނަލް އޮފަރޭޝަނަލް ސެންޓަރުތަކުން ދަތުރު ދިޔުމާއި ސްޓާފް ނައިޓް ފަދަ އިވެންޓްތައް ބާއްވައެެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް