ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށާއި އެމަނިކުފާނަށް ލިބެނީ ޔޫ ރިޕޯޓެއް ކަމަށް ކަމަށް އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ވެލިދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމިން 2013 ގައި ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން އެމަނިކުފާނު ހަނދުމަފުލު ނެތް ނަމަވެސް އެ ބޭފުޅުން ހަނދާން އެބަހުރި ކަމަށެވެ. އަދި ރައީސް ޔާމިން ވެވަޑައިގެންނެވި ގިނަ ވައުދުތައް ޖަލްސާގައި އިއްވަވާފަ އެވެ.
އެގޮތުން ރާއްޖޭގައި އެތައް އެއާޕޯޓެއް އަޅަން ވައުދުވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް އެޅުއްވުނީ އެންމެ އެއާޕޯޓެއް ކަމަށް ކަމަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށް ހަސަން ފާހަގަ ކުރެއްވި އެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާއަތުގައި ހާއްސަ ހަތަރު ބަނދަރެއް މަސްވެރިނަށް ހައްދަވާނެ ކަމަށް ވައުދުވި ނަމަވެސް އެ ވައުދުވެސް ވަނީ ނުފުއްދާ ފެއިލްވެފައި ކަން ހަސަން ލަތީފު ފާހަގަ ކުރެއްވި އެވެ. އަދި ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި ކޮރަޕްޝަނުގެ މައްސަލަތައް ބައްލަވާނެ ކަމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ލިޔެފައިވާއިރު އެކަންކަން ވީ ގޮތް ރައްޔިތުން ވިސްނުމަށް ހަސަން ލަތީފު ގޮވާލެއްވި އެވެ.