ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫއަށް) ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ، މާލޭގައި ދޮރުން ދޮރަށް ހިނގައިފިއެވެ.
ދޮރުން ދޮރަށް ހިންގެވުމުގައި އައިޝާއެކު ކޯލިޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މައްޗަންގޯޅީގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެސަރައްހަދުގެ ގިނަ ގެތަކަށް ވަދެ ރައްޔިތުންގެ ހާލު އައިޝާ ވަނީ ބައްލަވާލައްވާފައެވެ.
ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 16:00 އިން 18:00 އަށްށެވެ.
ޖުމްހޫރީ ޕާޓީން ބުނީ ހޯމަ ދުވަހު އައިޝާ އިސްވެހުންނަވައިގެން މައްޗަންގޯޅިއަށް ވަޑައިގެންފާއިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކިއެކި އަވަށްތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި، ރައްޔިތުންގެ ހާލު ކައިރިން ބައްލަވާނެ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް އައިޝާ އަންނަނީ އަތޮޅު ތެރޭގެ ރަށްރަށުގައާއި މޭލޭގައި ސިޔާސީ ކެމްޕޭންތައް ކުރައްވަމުންނެވެ.