އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓުލުމުގެ ހައްގަށް އަރައިގަންނަމުންދާ ކަމަށާއި އެކޮމިޝަނަކީ ވައްކަމުގެ ހާއްޔެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތޮފާ ވިދާޅުވީ ދުވަހަކު ވެސް ރާއްޖެއިން ބޭރަށް ނުދާ ދިވެހިން ވެސް އެހެން ގައުމުތަކުގައި ރަޖިސްޓްރީ ކުރަމުންދާ ކަމަށެވެ. އަދި އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"މިދޭތެރެއިން ކުރި ކަމަކީ ދުވަހަކު ވެސް ރާއްޖެއިން ބޭރަށް ނުދާ މީހުން، ލަންޑަން، ނިއުޔޯކް، ޕެރިސް، އަށް ވޯޓް ރަޖިސްޓްރީ ކުރީ. މިހާރު ކުރާކަމަކީ ރަށްރަށުގެ ރައްޔިތުން މާލެއަށް ރަޖިސްޓްރީ ކުރަނީ،" މުސްތަފާ ވިދާޅުވިއެވެ.
.@ElectionsMv akee vahkamuge haahyeh! Mi dheytherein kuri kamakee Dhuvahaku ves Raajje in beyrah nudhaa meehun’ London, Paris, New York ah vote registry kuree, mi haaru kuraa kamakee Rah rashu ge Rahyithun Male’ ah vote registry kuranee, kobaa kalo meh ge lathu.
— Mohamed Musthafa (@Thimarafushi) September 10, 2018
މުސްތަފާ ވިދާޅުވީ ވޯޓްގެ ކަންކަން އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
ރަށްރަށުގެ ރައްޔިތުންނަށް އެނގުމަކާއި ނުލައި މާލެއަށް ރަޖިސްޓްރީ ކުރުމަކީ އެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް މުސްތަފާ ވަނީ ވިދާޅުވެއެވެ.
Rah Rashuga dhiri ulhey meehun nah ingumakaa nulaa e meehun Male’ ah vote laagothah EC in registry kuramun e badhey! Mii Vote ge haggah araagathumah faalhuga kuraa bodu vahkameh! @ElectionsMv
— Mohamed Musthafa (@Thimarafushi) September 10, 2018
މުސްތަފާ އެގޮތަށް ވިދާޅުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މި ފަހަރުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށެވެ.
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ހަގީގަތާ ޚިލާފަށް ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެސް އަމަލުކުރާނީ ގާނޫނު އަސާސީ އާއި ކަމާ ބެހޭ ގާނޫނުތަކާއި 2013 ގެ ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.