މިސަރުކާރުގެ "ސައިޒު" އޮޅިގެން ކޯލިޝަނުން ނޫޅޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ، އަސްލު ސައިޒު ދައްކާލާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ, ސައިޒު އޮޅިގެން ނޫޅޭ ކަމަށާއި ރަސްމީ ސައިޒާއި ނުރަސްމީ ސައިޒު ދައްކަން ބަޔަކު ގަދަކަމުން ނެރެން ނުޖެހޭ ކަމަށެވެ.
ގަދަކަމުން ބަޔަކު ނެރުމަކީ ދެރަވަރުކަމެއްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ކޯލިޝަނުން ސައިޒު އޮޅިގެން ނޫޅޭ ކަމަށެވެ.
Kihaa dhera kameh! Rasmee size aai nurasmee size bayaku gadhakamun neregen dhakkaakah nujehey. Alhugandumen noolhemey size olhigeneh.. https://t.co/aatHVZQJDp
— Mariya Didi (@MariyaDidi) September 9, 2018
ރައީސް ޔާމިނަށް ތާއީދު ކުރާ ފާރާތްތަކުން މިމަހު 7 ވަނަ ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވި އިރު، މިމަހުގެ 8 ވަނަ ދުވަހު ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ޕީޕީއެމްގެ ޖަލްސާއަށް ވުރެ ގިނައިން ކޯލިޝަނުން ބޭއްވި ޖަލްސާއަށް މީހުން ވަނީ ގޮސްފައެވެ.
ކޯލިޝަންގެ ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވުމާ ގުޅިގެން ޕީޕީއެމްއަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. މިފާޑު ކިޔުންތަކަށް ރައްދުދެއްވައި ނިހާން ވިދާޅުވީ ޒުވާނުން ބައިވެރިވާ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.