ކ. މާލެ
|
9 ސެޕްޓެންބަރ 2018 | އާދީއްތަ 22:29
ރާއްޖެ އަދި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ސާފް ސުޒުކީ ކަޕް 2018
ލަނޑެއް ނުޖެހި ގްރޫޕް ސްޓޭޖް ނިންމާލައި ގުރުއަތު ނަގައިގެން ރާއްޖެ ސެމީއަށް
އިންޑިއާގެ 23 އަހަރުން ދަށު ޓީމު އަތުން ރާއްޖެ ބަލިވީ 2-0 އިން

ސާފް ސުޒުކީ ކަޕް ނުވަތަ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލަނޑެއް ނުޖެހި ގްރޫޕް ސްޓޭޖް ނިންމާލައި ގުރުއަތު ނަގައިގެން ރާއްޖެ ސެމީއަށް ހިނގައްޖެއެވެ.

ލަންކާ އަދި އިންޑިއާ ހިމެނުނު ގްރޫޕް ބީގެ ފަހު މެޗުގައި ރާއްޖެ ނުކުމެފައި ވަނީ އިންޑިއާ އާއި ދެކޮޅަށެވެ. މި މެޗު އެއްވަރުކޮށްގެން ނުވަތަ މޮޅުވެގެން ރާއްޖެއަށް ސެމީއަށް ދިޔުމުގެ ފުރުސަތު އޮތްއިރު އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-0 އިން ބަލިވުމާއެކު ރާއްޖެ ސެމީއަށް ދަތުރު ކުރީ ގުރުއަތު ނަގައިގެން ގުރު ކާމިޔާބު ކޮށްގެންނެވެ. 

ފުރަތަމަ މެޗުގައި ކުޅުނު ރާއްޖޭގެ ފޯވާޑް ލައިން އެއްކޮށް މި މެޗުގައި ބަދަލުކުރިއިރު އިންޑިއާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 36 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކިލް ޕޫޖަރޭއެވެ. މެޗުގެ 44 ވަނަ މިނެޓުގައި އިންޑިއާގެ ލީޑު ފުޅާކޮށްދިނީ މަންވީރް ސިންގްއެވެ. ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނިގެންދިޔައީ ދަށް ކުޅުމެކެވެ.

މިއީ ރާއްޖެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ލަނޑެއް ނުޖެހި މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ މިއީ ގުރުއަތު ނަގައިގެން މިފަދަ މުބާރާތެއްގެ ދެ ވަނަ ބުރަކަށް ރާއްޖެ ކޮލިފައިވި ފުރަތަމަ ފަހަރެވެ. ރާއްޖެ އެންމެފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕްތަކުގެ ގްރޫޕް ސްޓޭޖުތަކުގައި ރާއްޖެއިން ވަނީ ގިނަ ލަނޑުތަކެއް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް