މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދެ ފުރޮޅުލީ އުޅަނދު ފަހަރުގައި ބްރިޖް ހުރަސްކުރާނަމަ ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެއޮތޯރިޓީން ބުނީ ބުރިޖުގައި އެންމެ ބާރަށް ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރާއި ދެމެދުކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުރިޖު ބޭނުންކުރެވޭނެގޮތް އާންމުކޮށް އެއޮތޯރިޓީން ބުނީ ބުރިޖްގެ ދެފަރާތުގައި ފެންސް ޖަހާފައިވާ ދެ ލޭން ބޭނުން ކުރާނީ ހިނގާ މީހުންނާއި ދުވާމީހުން ކަމަށެވެ. އަދި ހިނގާ މީހުންނާއި ދުވާމީހުން ފެންސްގެ އެތެރޭގެ ދެ ލޭން ބޭނުންކުރުމަކީ މަނާކަމެއްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ފެންސްގެ އެތެރޭގެ އެންމެ ބޭރު ދެ ލޭން ދެފުރޮޅުވީ އުޅަނދު ފަހަރަށާއި ޕަބްލިކް ބަހަށް ހާއްސަކޮށްފައިވާއިރު ބްރިޖްގެ މެދުގެ ދެ ލޭން ހާއްސަކޮށްފައިވަނީ ޕަބްލިކް ބަސް ފިޔަވައި ދެ ފުރޮޅުލީ އުޅަނދު ފަހަރަށެވެ. އަދި އެ ލޭންގައި ދަތުރުކުރާ ވެހިކަލްތައް ކަނޑައެޅިފައިވާ ލޭން ފިޔަވާ އެހެން ލޭންތަކަށް އޯވަޓޭކް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެތޯރިޓީން ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ސައިކަލު ތަކުގައި އަމިއްލައަށް އިށީނދެ ނީންދެވޭ ވަރުގެ ކުޑަކުދިން އަރުވައިގެން ބުރިޖުގައި ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.