އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން ބޭނުން ނުވާ ކަމަށް ބޮލީވުޑްގައި ވިދަމުން އަންނަ ތަރި އަނުޝްކާ ޝަރުމާ ބުނެފިއެވެ.
ހިންދޫ ޓައިމްސް އަށް ދިން އިންޓަވިއެއްގައި އަނުޝްކާ ބުނެފައިވަނީ ހޮލީވޫޑް ފިލްމެއްކުޅެން ސޮއި ކުރިއަސް އޭނާ ކުރާނީ އެފިލްމަކާ ދޭތެރެ ހިތްހަމަ ޖެހޭ ނަމަ ކަމަށެވެ. އަދި ކަމާ ކަން ފަށައިގެން ހޮލީވޫޑް ފިލްމެއް ހޯދަން އޭނާ މަސައްކަތް ނުކުރާ ކަމަށާއި އެފަދަ ފިލްމެއް ލިބިއްޖެ ނަމަ ވިސްނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަނުޝްކާ ބުނީ ޝައުގުވެރި ރޯލެއް ލިބިއްޖެ ނަމަ ނަމަ އެއީ ހޮލީވޫޑް ވިޔަސް އަދި ކޮރެއާ ފިލްމެއް ވިޔަސް މަސައްކަތް ކުރެވިދާނެ ކަމަށެވެ.
ބޮލީވޫޑް ފަތަހަ ކުރުމަށް ފަހު ހޮލީވޫޑްގައި މަސައްކަތް ކުރަމުންދާ ޕްރިޔާންކާ ޗޯޕްޅާ އަދި ދިޕިކާ ޕަދުކޯން މިހާރު މަސައްކަތް ކުރަމުންދާ ހޮލީވޫޑް ފިލްމުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަނުޝްކާ ބުނެފައި ވަނީ އެތަރިންނަށް ހޮލީވުޑްގައި ލިބެމުންދާ ކާމިޔާބީތަކުން ދައްކުވައިދެނީ އިންޑިޔާގެ އެކްޓަރުންނަކީ މުޅި ދުނިޔެ ވެސް ގަބޫލުކުރާ ތަރިން ކަމަށެވެ. އަދި އެތަރިންނަށް ތައުރީފް ކޮށްފައި ވެއެވެ.
ވެތިވެދިޔަ އަހަރު ސުލްތާން އާއި އޭ ދިލްހޭ މުޝްކިލްފަދަ ކާމިޔާބު ފިލްމް ތަކެއް ކުޅުމަށްފަހު އަނުޝްކާ މިވަގުތު މަސައްޖަތް ކުރަމުންދަނީ " ފިއްލޫރީ" ކިޔާ ފިލްމެއްގައެވެ.