ދިގު މުއްދަތަށް ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް %15 އާ ހަމައަށް ޚާއްސަ ޑިސްކައުންޓްތަކެއް ދޭން އުރީދޫ އިން ނިންމައިފިއެވެ.
ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ހެދުމާ އެކު، އުރީދޫގެ އެންމެ މަގްބޫލް ޕޯސްޓްޕެއިޑް ޕެކޭޖުތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ވަނީ ތައާރަފްކޮށްފައެވެ:
މަހުފީ އިން ލިބޭ ޑިސްކައުންޓް (ރފ.) |
މުއްދަތު |
ކޮންޓްރެކްޓް |
15% |
24 މަސް |
24 މަހުގެ ކޮންޓްރެކްޓް ޕްލޭން |
10% |
12 މަސް |
12 މަހުގެ ކޮންޓްރެކްޓް ޕްލޭން |
ޑިސްކައުންޓްތައް ލިބެނީ އުރީދޫގެ ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ޚިޔާރުކުރާ ކަސްޓަމަރުންނަށެވެ.
"އައު އަދި އީޖާދީ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެއް. މިގޮތުން، ދިގު މުއްދަތަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތައް ދެވުމަކީ، އަޅުގަނޑުމެން އުފާކުރާ ކަމެއް،" އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އަދި ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ކިޔަވާ ކުދިންނަށް ވަރަށް ޚާއްސަ އޮފަރއެއް އުރީދޫ އިން ވަނީ ތައާރަފް ކޮށްފައެވެ. ހަ މަސް ދުވަހުގެ ކޮންޓްރެކްޓަކާ އެކު ޕޯސްޓްޕެއިޑް 200، ޕޯސްޓްޕެއިޑް 400، ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ޚިޔާރުކުރާ ކަސްޓަމަރުންނަށް، މަހުފީ އިން %5 ޑިސްކައުންޓް ލިބޭނެއެވެ.
މަހުފީ އިން ލިބޭ ޑިސްކައުންޓް (ރފ.) |
މުއްދަތު |
ކޮންޓްރެކްޓް |
5% |
6 މަސް |
ސްޓޫޑަންޓް ޕްލޭން |