މިއަރުގެ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް މަރުވެފައިވާ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަރ ސްޓާރ ސްރީ ދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު މިއަހަރު ބޮލީވުޑަށް ތައާރަފްވެފައި ވަނީ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ފިލްމް "ދަޅަކް" އިންނެވެ.
މި ފިލްމް ވެގެން ގޮސްފައި ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށެވެ. މި ފިލްމުގައި ޖާންވީގެ އެކްޓިންއަށް ބެލުންތެރިންގެ ފަރާތުންނާއި ކްރިޓިކްސްގެ ފަރާތު ންވެސް ވަނީ ތައުރީފްގެ ބަސްތައް ލިބިގެން ގޮސްފައެވެ.
ޚަބަރުތައް ބުނާ ގޮތުން ޖާންވީގެ ކޮއްކޮ ހުޝީ ކަޕޫރު ވެސް އަލަށް ބޮލީވުޑަށް ނުކުތުމަށް ހަމަޖެހިފައި ވަނީ ކަރްން ޖޯހަރުގެ ފިލްމަކުންނެވެ.
ހުޝީ ބޮލީވުޑަށް ތަޢާރަފް ވެގެންދާނީ ކަރަން ޖޯހަރްގެ ފިލްމަކުން. އޭނާ ވަނީ ބޮނޭ ކަޕޫރު ގެ ފަރާތުން އެ ޒިންމާ ނަގާފައި. ފިލްމުގެ ވާހަކަތައް އަދި އޮތީ ސިއްރުކޮށްފައި. ރަނގަޅު ސްކްރިޕްޓެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި." ކަޕޫރް އާއިލާގެ ގާތް މީހަކާ ހަވާލާދީ "އޭޝިއަން އޭޖް" ގައި ބުނެފައި ވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހުޝީ ބޮލީވުޑަށް ތަޢާރަފް ވެގެންދާ އިރު ހުޝީއާ އެކު ސުޕަރ ސްޓާރ ޝާހްރުކް ޚާން އާއި ގައުރީ ޚާންގެ ފިރިހެން ދަރިފުޅު އާރްޔަން ޚާން ވެސް ބޮލީވުޑަށް ތަޢާރަފް ވެގެން ދާނީ ކަރަންގެ ފިލްމަކުންނެވެ.
މީގެ ކުރިން ވެސް ކަރަން ވަނީ ގިނަ ސްޓާރުންތަކެއް ބޮލީވުޑަށް ނެރެދީފައެވެ. އޭގެ ތެރޭގައި އާލިއާ ބަޓް، ސިދާތް މަލޯތްރާ އަދި ވަރުން ދަވަން ހިމެނެއެވެ. މީގެ އިތުރުން ވެސް ޗަންކީ އާއި ބާވްނާ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ އޭނާގެ އަންނަން އޮތް ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތަޢާރަފް ވެގެން ދާނެއެވެ.