ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 17:04
ޑައިރެކްޓަރ އަމްޖަދު އިބްރާހިމް
ޑައިރެކްޓަރ އަމްޖަދު އިބްރާހިމް
އަޒުމޫން އަހުމަދު
ދިވެހި ފިލްމް
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
މި ފެސްޓިވަލްގެ ތައްޔާރީތައް ދަނީ ކުރިއަށް
ޖުމްލަ 17 ފިލްމެއް އެޅުވުމަށް ހަމަޖެހިފައިވޭ

ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް 2017 ގެ ނަމުގައި ފިލްމް ވެސްޓިވަލެއް ބޭއްވުމަށް މަޝްހޫރު ފިލްމް ޑައިރެކްޓަރު އަމްޖަދު އިބްރާހިމް ނިންމައިފިއެވެ.

 

ނިމިގެން ދިޔަ 7 ވަނަ ގައުމީ ފިލްމު އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހާސިލް ކޮށްފައިވާ އަމްޖޭ ރާއްޖެ އެމްވީއަށް މައުލޫމަތު ދެމުން ބުނީ މި ފިލްމް ފެސްޓިވަލަކީ އަމްޖޭ މިހާތަނަށް ޑައިރެކްޓް ކުރި ފިލްމުތައް ހިމަނައިގެން ބޭއްވުމަށްހަމަޖެހިފައިވާ ފެސްޓިވަލެއް ކަމަށެވެ.

 

މިހާތަނަށް 50 ފިލްމު ޑައިރެކްޓް ކޮށްފައިވާ އަމްޖޭ ބުނީ މި ފެސްޓިވަލްގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި ޖުމްލަ 17 ފިލްމެއް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

މިހާރު ކުރިއަށް ދަނީ ފިލމުތައް ސެލެކްޓް ކުރުމާއި އެޗްވީއެފްކޮށް ހުރި ފިލްމުތަކުގެ ފޯމެޓް ބަދަލު ކުރުން ކަމަށެވެ.

 

ފެސްޓިވަލް ފެށޭނެ ދުވަހެއް އެނގޭނީ އޮލިމްޕަސް ލިބޭނެ ދުވަހެއް އެންގުމުން ކަމަށާއި ޓިކެޓްގެ އަގު ކަނޑައެޅޭނީ ވެސް އޮލިސްޕަސް ލިބޭ އަގަކަށް ބަލާފައި ކަމަށް އަމްޖޭ ބުންޏެވެ.

 

މި ފެސްޓިވަލްގައި ކުޑަކުދިންނަށް ޚާއްސަކޮށް ހުކުރު ހޮނިހިރު ދުވަހު މެންދުރު ފަހު ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަމްޖޭ ބުންޏެވެ.

 

 

- ކޮމެންޓް