ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 15:09
ޕްރިޔަންކާ ޗޯޕްޅާ
ޕްރިޔަންކާ ޗޯޕްޅާ
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ޕްރިޔަންކާއާ އެކު ފިލްމެއް ހެދުމަށް ދަނީ ވާހަކަ ދެކެވެމުން: ވިޝާލް ބަރްދްވާޖް
ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު

ޕްރިޔަންކާ ޗޯޕްޅާއާ އެކު ފިލްމެއް ހެދުމުގެ ވާހަކަ ދެކެވެމުންދާ ކަމަށް ޑައިރެކްޓަރ ވިޝާލް ބަރްދުވާޖް ބުނެފިއެވެ.

މީގެ ކުރިން ވިޝާލް ބުނެފައި ވަނީ ޕްރިޔަންކާއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަން ހާމަކޮށްފައެވެ.

"ކުއާންޓިކޯ"ގެ ތަރި ޕްރިޔަންކާއާ އެކު މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ފިލްމަކީ "ޓްވެލްތު ނައިޓް"  ގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެއް ކަމަށާއި ފިލްމް ރިލީޒް ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރު ކަމަށް ޚަބަރުތައް ބުނެއެވެ.

"ޕްރިޔަންކާ ވެސް ބޭނުންވޭ އަހަރެންނާ އެކު މަސައްކަތް ކުރަން. ދެ މީހުން ވެސް އެކަކު އަނެކާކާ އެކު މިދަނީ މަސައްކަތް ކުރަމުން. އެއްމީދު ކުރަނީ އަންނަ އަހަރު ފިލްމްގެ މަސައްކަތް ފެށަން" ވިޝާލް ވަނީ ބުނެފައެވެ.

 މި ދެ މީހުން ވަނީ މީގެ ކުރިން ވެސް "ސާތު ހޫނ މާފް" ގައި އެކުގައި މަސައްކަތް ކޮށްފައެވެ.

 ވިޝާލް މިވަގުތު ވަނީ ކޮމެޑީ ފިލްމް "ޕަޓާކާ"ގެ މަސައްކަތަށް ތައްޔާރު ވެފައެވެ.

ދެބެންގެ ދެމެދުގައި އޮންނަ ގުޅުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ ޗަރަން ސިންގް ޕާތިކް ލިޔެފައިވާ ހެއްވާ މަޖާ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ތަރިންގެ ގޮތުގައި ސަނާޔާ މަލޯތުރާ، ރަދިކާ މާޑަން، ސުނިލް ގްރޯވާ އަދި ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

- ކޮމެންޓް