ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 07:33
ކްރޮސްރޯޑްސް ރިސޯޓު
ކްރޮސްރޯޑްސް ރިސޯޓު
ކްރޮސްރޯޑްސް މޯލްޑިވްސް
ކްރޮސްރޯޑްސް ރިސޯޓު
ކްރޮސްރޯޑްސް ރިސޯޓުގައި މެރީނާއެއް ގާއިމުކުރަން ނިންމައިފި
ސިންގް އެސްޓޭޓް އާއި ޖަލްބޫޓްއާ ދެމެދު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި

ކްރޮސްރޯޑްސް ރިސޯޓުގައި މެރީނާއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

ސިންގް އެސްޓޭޓް ޕަބްލިކް ލިމިޓަޑް ކޮމްޕެނީ އާއި ޖަލިބޫޓް ހޯލްޑިންގްސް އެލްއެލްސީ އާ ގުޅިގެން ދިވެހިރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އިންޓަގްރޭޓަޑް ރިސޯޓު މަޝްރޫއު, ކްރޮސްރޯޑްސްގައި ލަގްޒަރީ މެރީނާއެއް ހިންގުމަށް އެއްބަސްވެއްޖެއެވެ.

ސިންގް އެސްޓޭޓް އާއި ޖަލްބޫޓްއާ ދެމެދު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި 3 ޖުލައިގައެވެ.

"ޖަލްބޫޓް އާ އެކު މަސައްކަތްކުރުމަށް ވެވުނު މި އެއްބަސްވުމާމެދު ސިންގް އެސްޓޭޓްއިން ވަރަށް އުފާވޭ. އަޕްސްކޭލް ކަނޑުގެ ދަތުރުފަތުރާއި އެހެނިހެން ހިދުމަތްތަކުން މަރީނާއެއްގެ މުޅިން އައު ތަޖުރިބާއެއް އަހަރަމެންނަށް ފޯރުކޮށްދެވޭނެ. އަދި މިކަމަށްޓަކައި ޖަލްބޫޓް އަކީ ކްރޮސްރޯޑްސް އަށް ހަމަ އެންމެ ފުރިހަމަ ޕާޓްނަރު،" ސިންގް އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓަޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަރިސް ޗޭކްލިން ބުންޏެވެ.

ނުވަ ރަށެއްގެ މައްޗަށް، 1300 ކޮޓަރީގެ އިތުރުން 11000 އަކަމީޓަރުގެ ރީޓޭލް ޖާގައާއެކު ބިނާކުރާ ކޮރޮސްރޯޑްސް އިންޓަގްރޭޓަޑް ރިސޯޓްގެ މަގްސަދަކީ ލެޝަރ އަށް ދަތުރުކުރާ ފަތުރުވެރިންނާއި އާއިލާ އެކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ މާކެޓްތަކުގެ ސަމާލުކަން ހޯދުމެވެ. އެ މަޝްރޫއުގެ އެންޓަޓެއިންމަންޓް ހަބް ގެ ގޮތުގައި ގާއިމުކުރެވޭ ދަ ޓައުންޝިޕް ގައި ބައިނަލްއަގުވާމީ ރެސްޓޯރަންޓްތަކާއި ރީޓޭލް އައުޓްލެޓްތަކާއި ދުނިޔޭގެ ފެންވަރުގެ ވެލްނަސް ސްޕާއަކާއެކު، ފަރުތަކުގެ މާހައުލާއި ގައުތައް ރައްކާތެރިކުރުމަށް ހާއްސަ، މޯލްޑިވްސް ޑިސްކަވަރީ ސެންޓަރއެއްގެ އިތުރުން ޑައިވް ސެންޓަރަކާއި، މަލްޓި ޕާޕަސް ހޯލްއަކާއި، ކިޑްސް ކްލަބްއަކާއި ކަލްޗަރަލް ސެންޓަރެއް ހިމެނޭނެއެވެ.

"ޖަލްބޫޓް އާއި ސިންގް އެސްޓޭޓްގެ ކްރިއޭޓިވް ޑީއެންއޭ ވަރަށް އެއްގޮތް. ސިންގް އެސްޓޭޓްއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުންފުންޏެއް. އެ ކުންފުނިން ދިވެހިރާއްޖޭގެ ފުރަތަމަ މަރީނާއާއި އިންޓަރލިންކްޑް ރިސޯޓު މިވަނީ ގެނަސްދީފައި. ޖަލްބޫޓް އިންވެސް ވަނީ ޔޫއޭއީގެ ފުރަތަމަ ވޯޓަރ ޓްރާންސްޕޯޓް ނެޓްވޯރކް ގާއިމުކޮށްފައި. މިހާތަނަށް ދިވެހިރާއްޖޭގައި މީހުންނަށް ތަޖުރިބާ ނުކުރެވޭފަދަ އައު ކަންތައްތަކެއް މި ދެކުންފުނި އެކުގައި ކުރެވިދާނެ" ޖަލްބޫޓް ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ރޮއެސްޓާލީ އާއި ގްރޫޕް ޗީފް ފައިނޭންޝަލް އޮފިސަރ ތޮމަސް ރިބޮލިނީ ބުންޏެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހާޑް ރޮކް ކެފޭ އާއި ކެފޭ ޑެލް މާރ ގެ އިތުރުން، އޭޝިއާގެ އެންމެ ރަނގަޅު 50 ރެސްޓޯރަންޓްގެ ތެރޭގައި ހިމެނޭ ދެ ރެސްޓޯރަންޓް ކަމުގައިވާ މިނިސްޓްރީ އޮފް ކްރޭބް އާއި ނިހޮންބާޝީ ވެސް ކްރޮސްރޯޑްސްގައި ހުންނާނެއެވެ.

ކްރޮސްރޯޑްސްގައި ގާއިމުކުރާ ލަގްޝަރީ ޔޮޓް މެރީނާ ހިންގުމުގެ އިތުރުން ލަގްޝަރީ ކްރޫޒްގެ ހިދުމަތްވެސް ޖަލްބޫޓް ގެ ފަރާތުން އިންޓަގްރޭޓަޑް ރިސޯޓުގައި ދޭން ވަނީ ހަމަޖެހިފައެވެ.

ސިންގް އެސްޓޭޓް އާއި ޖަލްބޫޓް ގުޅިގެން ހިންގަން ފަށާ މަރީނާއާއެކު ކްރޮސްރޯޑްސް މަރީނާގައި ޖަލްބޫޓްގެ ތަޖުރިބާކާރުންގެ އުކުޅުތައް ދިވެހިންނާ ހިއްސާކުރުމަށް ހާއްސަ ސްޓާޓް-އަޕް ގްރޫޕްއެއް ގާއިމުކުރަން ވަނީ ހަމަޖެހިފައެވެ. އަދި އެ ސްޓާޓް-އަޕް ގްރޫޕެއްގެ އެހީގައި ދިވެހިރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ޖަލްބޫޓް އިން ވަނީ ރާވާފައެވެ.

 

 

- ކޮމެންޓް