ހައްޖުގެ އަޅުކަން ކުރުމަށް ގާތްގަނޑަކަށް މިލިއަން މީހުން މައްކާއަށް ގޮސްފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް މީހުން ޖަމާވެފައިވާ އިރު އޭގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ފިރިހެނުންނާއި ހަތް ލައްކަ އަށް ވުރެ އަންހެނުން ހިމެނެ އެވެ.

ހައްޖުގެ އަޅުކަން ފަށާފައި ވަނީ އާދީއްތަ ދުވަހު އެވެ. ހުރިހާ ހައްޖުވެރިން މިނާގައި ތިބުމަށް ފަހު މިއަދު ވަނީ އަރަފާތު ބިމަށް ޖަމާވެފަ އެވެ.

މައްކާގެ ހޫނުމިން ހުރީ 40 ޑިގްރީގަ އެވެ.
ހައްޖުގެ އަޅުކަމަށްފަހު މާދަމާއަކީ އަލްހާ ޢީދު ދުވަހެވެ. އަލްހާ ޢީދު ދުވަހު އުލްހިޔާ ކަތިލުން އޮންނާނެއެވެ.
މިދިޔަ 25 އަހަރުގެ ތެރޭގައި 54 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން ކުރުމަށް މައްކާއަށް ގޮސްފައެވެ. ގާތްގަނޑަކަށް 140،00 އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓް ވަނީ ހައްޖުވެރިން ގޮވައިގެން ދަތުރުކޮށްފައެވެ. އަދި ހައްޖުގެ އަޅުކަމުގެ ދުވަސްވަރު 21000 ބަސް އެކި ތަންތަނަށް ދިނުމަށް ބޭނުން ކުރަމުންދެއެވެ.
ހައްޖުވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ސައުދީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިދިޔަ އަހަރުތަކުގައި ތަފާތު ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުގައި ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓީ 111 މީހުން ވަނީ މަރުވެފައެވެ. ހަމައެއަހަރު މިނާގައި ތޮއްޖެހިގެން 2000 ހަށްވުރެ ގިނަ މީހުން މަރުވިއެވެ.