ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 15:18
ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް
ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް
ގޫގުލް
ބޮލީވުޑް
ދީޕިކާ އާއި ރަންވީރު ގެ ކައިވެނި ނޮވެމްބަރު 20 ގައި!
ކައިވެނިގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ  މި ދެމީހުންގެ ފޭވަރިޓް މަންޒިލްގައި

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގްގެ ކައިވެނި މިއަހަރުގެ ނޮވެމްބަރު މަހުގެ 20 ގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ކުރިން މި ދެތަރިން ކައިވެނި ކުރުމަށް ނިންމާފައިވަނީ ނޮވެމްބަރުގެ މަހުގެ 10 ގައެވެ.

ޚަބަރުތައް ބުނާ ގޮތުން މި ދެ ތަރިންގެ ކައިވެނީގެ ވަލީމާ ބޭއްވުމަށް ހަމަޖެހިފައިވަނީ  ދެމީހުންގެ ވެސް ފޭވަރިޓް މަންޒިލް ކަމަށްވާ އިޓަލީގެ ލޭކް ކޯމޯ ގައެވެ.

މި ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ ދެފަރާތުގެ އާއިލާއާއި ގާތް ރައްޓެހިންނާއިއެކު ޖުމްލަ 30 މީހުންނަށް ކަމަށް ޚަބަރުތައް ބުނެއެވެ.

މި ދެމީހުންގެ ކައިވެނި އިޓަލީގައި ކުރި ނަމަވެސް މިކައިވެނީގެ ހަފްލާ ބޮޑުކޮށް އިންޑިއާގައި ފަހުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިޕިކާ އާއި ރަންވީރު ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ގޮލިޔޯންކީ ރަސީލާ ރާމް ލީލާ" ބަޖީރާއޯ މަސްތާނީ" އަދި ޕަދްމާވަތީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް