ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 12:19
އުރީދީ އެވީ ކެމްޕެއިންގެ ޕޯސްޓަރ
އުރީދީ އެވީ ކެމްޕެއިންގެ ޕޯސްޓަރ
އުރީދޫ
އުރީދޫ
އެވީ ކެމްޕެއިނާއެކު، އުރީދޫގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ޕްލެޓްފޯމްތައް ދައްކުވައި ދީފި
އެވީ ކެމްޕެއިން އަލިއަޅުވާލަނީ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތައް ގެނެސްދޭ އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތަކަށް
ކެމްޕެއިންގެ މަޤްޞަދަކީ އެ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިދާތައް ގިނަ ބޭފުޅުންނާއި ހަމައަށް ވާސިލް ކޮށްދިނުން

ޑިޖިޓަލް ދިވެހިރާއްޖެ އަށް އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫ އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުންފުނީގެ އޮޕަރޭޝަންތައް ޑިޖިޓަލްކޮށް، ކަސްޓަމަރުންނަށް ބޭނުންތެރި ތަފާތު ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށް ދިނުމުގައި އުރީދޫ އިން ވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން، އުރީދޫގެ "އެވީ" ކެމްޕެއިން އަލިއަޅުވާލަނީ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތައް ގެނެސްދޭ އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމް ތަކަށެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ އެ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިދާތައް ގިނަ ބޭފުޅުންނާއި ހަމައަށް ވާސިލް ކޮށްދިނުމަށެވެ.

ވަރަށް ތަފާތު މިއުސިކަލް އެއް މެދުވެރިކޮށް "އެވީ" ކެމްޕެއިން ދައްކުވައިދެނީ އުރީދޫގެ ޑިޖިޓަލް ޕެލެޓްފޯމްތަކުގެ އެހީގައި، އާންމު ދިރިއުޅުމުގައި ދިމާވާ ބައެއް ދަތިތައް ވަރަށް ފަސޭހަކަމާއެކު ހައްލު ކުރެވޭ ގޮތްތަކެވެ.

"ފަހުގެ ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތަށް މެދުވެރިކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ތަރައްޤީ ކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތްތަކަށް، "އެވީ" ކެމްޕެ އިން އިތުރު ހިތްވަރެއްދޭ. ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކަށް ބެހިފައިވާ ގައުމަކަށް ވެފައި، އެކި ކަންކޮޅުތަކަށް ބެހިފައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހަމައަށް ފަސޭހަ އަދި އަވަސް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ޕްލެޓްފޯމްތަކުގެ ދައުރު ވަރަށް މުހިންމު. އެހެންކަމުން، ޑިޖިޓަލް މެދުވެރިކޮށް ދިވެހިންނަށް ކުރިއެރުމާއި، އިތުރު ފުރުސަތުތައް ގެނެސްދޭނެ ފަދަ އިންވެސްޓްމަންޓްތައް އަޅުގަނޑުމެން އަބަދުވެސް ކުރަމުންދާނަން." އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވިއެވެ.

"އެވީ" ކެމްޕެއިން މެދުވެރިކޮށް އުރީދޫ އިން ޕްރޮމޯޓް ކުރަމުންދާ ޑިޖިޓަލް އާލާތްތަކަކީ:

  1. މައި އުރީދޫ ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ޚިދުމަތް ބައްލަވައި، ޚިޔާރުކޮށް އަދި މެނޭޖްކުރެވުމެވެ. އަދި ވެބްސައިޓް އަދި އެޕް މެދުވެރިކޮށް މައި އުރީދޫ ޕޯޓަލް ބޭނުން ކުރެވޭއިރު، މައި އުރީދޫ އަކީ ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެ ގިނަ ބޭފުޅުން ބޭނުންކުރާ އެޕެވެ.
  2. މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަކަށް، ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީ އެޑް-އޯން އަމިއްލައަށް ފަރުމާ ކޮށްލެވޭނެއެވެ. މައި އުރީދޫ އެޕް މެދުވެރިކޮށް ބޭނުންކުރެވޭ މި ހާއްސަ ޚިދުމަތުގެ އެހީގައި، އެންމެ މަގްބޫލް އެޑް-އޯންތަށް އަދި ވަކި ބަޖެޓަކަށް އެންމެ އެކަށޭނެ އެޑް-އޯންތަށް ބައްލަވާލެވޭނެއެވެ. އަދި ގާތްތިމާގެ ބޭފުޅުންނާއި ރައްޓެހިންނަށް ހާއްސަކޮށް އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑް-އޯން ފަރުމާކޮށް، ހަދިޔާވެސް ކުރެވޭނެއެވެ.
  3. އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ އާއި ބެހޭ ތަފާތު މަޢުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.
  4. އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ.

އުރީދުގެ ތަފާތު ޚިދުމަތްތަކުގެ މައުލޫމާތު އުރީދޫ ވެބްސައިޓް، އޫރީދޫ އެޕްލިކޭޝަން ނުވަތަ ފޭސްބުކް މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް