މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ކުށްވެރިންނަށް އަދަބު ދިނުމުގެ ބައެއް ޝަރުތުތައް ލުއިކޮށް ރައީސް އޮފީހުން ގަވާއިދު ބަދަލުކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުދަ ދުވަހު އާންމުކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ޖިނާއި ކުށެއްގެ މައްސަލާގައި ޝަރުއީ ކޯޓަކުން ހުކުމް ކޮށްފައިވާ ނަމަ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އަކަށް ނުވެފައި ދައުވާ އުފުލި ތާރީހުން ފެށިގެން ހުކުމް ނުކުރެވި މީލާދީ ގޮތުން އެއް އަހަރު ފާއިތުވެއްޖެ ނަމަ އެ މީހަކީ އެ ކުށުގެ އަދަބަށް ލުއި ލިބުމަށް ޝަރުތު ހަމަވާ މީހެއް ކަމަށެވެ.
މިއީ މި ޤަވާއިދަށް އިސްލާހު ގެނައި 3 ވަނަ ފަހަރެވެ.
މި ޤަވާއިދު ސަރުކާރުގެ ގެޒެޓްގައި ޢާއްމު ކޮށްފައިވާތީ ބުދަދުވަހުން ފެށިގެން މިގަވާއިދަށް އަމަލު ކުރެވެމުން ދާނެ ކަމަށް އެ އިއުލާންގައި ބުނެފައިވެ އެވެ.