އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުނޅަދު ފަހަރު ބަލާ ފާސް ކުރުމަށް އެމްއެންޑީއެފް ކޯސްޓް ގާރޑުން ޚާއްސަ އޮޕްރޭޝަނެއް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަންގައި އުނޅަދު ދަތުރުކުރާ ޕަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ސަލާމަތީ ކަންކަން ބަލާނެ ކަމަށާއި، އުޅަނދުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލާނެ ކަމަށެވެ.
މި އޮޕްރޭޝަންގައި މާލެ ސިޓީ އިން ފުރާ އުނޅަދުތައް ބެލުމުގެ އިތުރުން މާލެ ސަރަހައްދުގެ ރަށްތަކުން ވެސް ފުރާ އުނޅަދުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ މިއޮޕްރޭޝަނަކީ ކޮންމެ އީދު ބަންދެއްގައި ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސް ވަރަކަށް ވާތީ، ދަތުރުވެރިނާއި އުނޅަދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާރޑުން އީދު ބަންދުގެ ޗުއްޓީގެ ދުވަސް ވަރު އަމާޒުކޮށް ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.