ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، 16 އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ބޯކޮށް ވާރޭ ވެހި، ވިއްސާރައާއެކު ވައި ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހިސާބަށެވެ. އެ ދެމެދުގައިވާ 16 އަތޮޅަށް ވައިޓް އެލާޓް ނެރެފައި ވަނީ އަންގާރަ ދުވަހުގެ މެންދަމުން ފެށިގެން ފަތިހު 5:00އާ ހަމައަށެވެ.
މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސްއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.