އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް، ވޯޓު ފޮއްޓާއި، ވޯޓިން ބޫތުތައް ރަށްރަށަށް ފޮނުވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްލަ 491 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އޭގެ ތެރޭގައި 43 ރިސޯޓާއި ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއް ވެސް ހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތައް މިހާރު ރަށްރަށަށް ފޮނުވާފައިވާކަމަށެވެ. އަދި ވޯޓާރސް ފައިނަލް ލިސްޓް އާންމުކުރުމަށްފަހު ރިސޯޓުތަކާއި، ގައުމުތަކަށް ވޯޓު ފޮށިތަކާއި ބޫތުތައް ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 262141 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.