އަމީނީމަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިން ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ މިފައިސާތައް ފެނިފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަމީނީ މަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިން ކަމަށެވެ.
ފުލުހުން ބުނީ މިފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާއާ ހަވާލުވެލެއްވުން އެދޭ ކަމަށެވެ.