ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 11:04
ޖާންވީ ކަޕޫރު
ޖާންވީ ކަޕޫރު
ގޫގުލް
ޖާޏްވީ ކަޕޫރު
ތަޚްތުގައި އެކްޓު ކުރަން ލިބުމުން ޖާންވީ ޝޮކެއްގައި
"ތަޚްތު"ގެ ވާހަކަ ލިޔެފައި ވަނީ ސުމިތު ރޯއީ

ތާރީޚީ ފިލްމެއްގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ ފިލްމު "ތަޚްތު"ގެ ތަރިން އިއުލާންކޮށްފައިވާއިރު އެފިލްމުގައި ޖާންވީ ކަޕޫރު ވެސް ހިމެނެއެވެ.

ޖާންވީ ގެ އިތުރުން އެފިލްމުގައި ފެނިގެންދަނީ ރަންވީރް ސިންގް، ކަރީނާ ކަޕޫރް ޚާން، އާލިއާ ބަޓް، ބޫމީ ޕެޑްނާކަރް، ވިކީ ކައުޝާލް އަދި އަނިލް ކަޕޫރެވެ.

ޖާންވީއާ އަޅާބަލާއިރު އެތަރިންނަކީ ވަރަށް ތަޖުރިބާކާރު ތަރިންނެވެ. ޖާންވީ ފިލްމީ ދާއިރާއިން ފެނިގެން ގޮސްފައިވަނީ މިދިޔަ މަހުގެ 20 ގައި ރިލީޒްކުރި ދަޅަކްއިންނެވެ.

ތަޚްތާއި ބެހޭގޮތުން ޖާންވީ ބުނީ އޭނާ އަދިވެސް ހުރީ ޝޮކެއްގައި ކަމަށާއި އެފިލްމަށް އޭނާ ނަގާނެކަމަށް އަދިވެސް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި އެއީ އޭނާގެ ކެރިއަރުގައި ވަރަށް މުހިއްމު ފިލްމެއްކަމަށް ޖާންވީ ވަނީ ބުނެފައެވެ.

"ތަޚްތު"ގެ ވާހަކަ ލިޔެފައި ވަނީ ސުމިތު ރޯއީއެވެ.

މި ފިލްމު ވެގެންދާނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ކަރަންގެ ޑައިރެކްޝަން ފެނިގެންދާނެ ދެވަނަ ފިލްމަށެވެ. އެންމެ ފަހުން ނުކުތް ކަރަންގެ ފިލްމަކީ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ އެކީގައި ފެނިގެންދިޔަ ފިލްމު "އޭ ދިލް ހެ މުޝްކިލް" އެވެ.

"ތަޚްތު"އާ ބެހޭ ގޮތުން ކަރަން ބުނީ އެއީ މުގަލްގެ ތަޚުތު ހޯދުމަށް ކުރި މަސައްކަތާއި އެ އާއިލާގައި ހިނގައިދިޔަ ކަންތައްތަކާއި ލޯބި ހޯދުމަށް ކުރި މަސައްކަތްތައް ހިމެނިގެންދާނެ ފިލްމެއް ކަމަށެވެ. އަދި ފިލްމުގައި އެކި ކުލަތައް އެކުލެވިގެންދާ ކަމަށާއި މުޅި ފިލްމު ބިނާވެގެންދާނީ ތާރީޚުގެ މައްޗަށް ކަމަށް ކަރަން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް