މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓަކަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އަދުލީ އިސްމާއީލް ހަމަޖައްސައިފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ކެމްޕެއިން އެޖެންޓަކީ އަދުލީ ކަމަށެވެ.
PPM @PPM_MDV #2018 Presidential Candidate, HE Abdullah Yamin and his Running-Mate @Mohamedshaheem1’s Candidacy form submitted to @ElectionsMv today by Party VP @MoosaZameer PPM SG @abkhaleel and #RY2018 Campaign Chief @IsmailAdley #YameemShaheem2018 pic.twitter.com/fYbx8W91SZ
— Ahmed Nihan (@ahmed_nihan) August 9, 2018
އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށް ވަޑައިގެންނެވީ ޕީޕީއެމް ނާއިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލުގެ އިތުރުން ކެމްޕެއިން މެނޭޖަރު އަދުލީއެވެ.
އަދުލީ ގެންދަވަނީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާނޫނީ ވަކީލު ހިސާން ހުސެއިންއެވެ.