ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 18:02
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
އޭއެފްޕީ
މެންޗެސްޓާ ސިޓީ
އަންނަ ސީޒަނުގައި ސިޓީ މާވަރުގަދަ ވާނެ: ގާޑިއޯލާ
ޕްރިމިއާ ލީގު ސިޓީން އުފުލާލީ ރެކޯޑު 100 ޕޮއިންޓާ އެކު

ނިމިގެންދިޔަ ސީޒަނަށް ވުރެ މި ފެށޭ ސީޒަނުގައި މެންޗެސްޓާ ސިޓީ މާ ވަރުގަދަ ވާނެ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. 

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ސިޓީން އުފުލާލީ ރެކޯޑު 100 ޕޮއިންޓާ އެކު ކަމަށްވާ އިރު ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ސިޓީ އޮތީ ސީޒަން ނިމުނުއިރު 19 ޕޮއިންޓް ކުރީގައެވެ. މި ފެށޭ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސިޓީ ކަމަށްވާއިރު އަންނަ އާދިއްތަ ދުވަހު ސީޒަނުގެ ފުރަތަމަ މެޗުގައި ސިޓީ ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކޮންމެ ކުޅުންތެރިޔަކަށް ވެސް ރަނގަޅު ކުރެވޭނެ ކަންކަން ހުންނާނެ ކަމަށާއި އެކަންކަން ވަކިވަކި ކުޅުންތެރިން ރަނގަޅު ކުރުމުން ޓީމަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އޭނާ ބުނީ އެއްވެސް ޓީމަކީ ހުރިހާ ކަމެއް ފުރިހަމަ ޓީމެއް ނޫން ކަމަށާއި ކޮންމެ ޓީމެއްގައި ވެސް އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން ހުންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. 

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ފަސޭހަކަމާ އެކު ސިޓީން ހޯދި ނަމަވެސް މި ސީޒަނުގައި އެގޮތަށް އެކަން ނުހިނގާނެ ކަމަށް ގާޑިއޯލާ ބުނެފައި ވެއެވެ. އޭނާ ބުނީ މިދިޔަ ސީޒަނުގައި ސިޓީން ހޯދި ނަތީޖާތައް މިއަހަރު ވެސް ފަސް ޓީމަކަށް ކުރެވޭނެ ކަމަށް ގަބޫލުކުޭ ކަމަށެވެ. އެގޮތުން މިއަހަރުގެ ޕްރިމިއާ ލީގަށް ވާދަކުރާނީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އާއި ޓޮޓެންހަމްގެ އިތުރުން ލިވަޕޫލް ކަމަށެވެ. އަދި އެ ހުރިހާ ޓީމެއްގެ ފަރާތުން ވެސް ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް