ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 04:18
މާޒިޔާ އާއި އީގަލްސް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން
މާޒިޔާ އާއި އީގަލްސް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ފުޓުބޯޅަ
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
މާޒިޔާ ވަނީ މި ސީޒަނަށް ގިނަ ބިދޭސީ ކުޅުންތެރިން ގެނެސްފަ
އަސަދުﷲ މިއަދުގެ މެޗުގައި ދެ ލަނޑު ޖެހި

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބު އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލުކުރި އެކުވެރިކަމުގެ މެޗު މާޒިޔާ އިން ކާމިޔާބުކޮށްފި އެވެ.

މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު މާޒިޔާ އިން ކާމިޔާބުކުރީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ދެޓީމުން ވެސް އެޓީމުތަކަށް އަލަށް ގެނައި ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެގޮތުން އިއްޔެ މާޒިޔާ އަށް އަލަށް ގުޅުނު ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗް ވެސް ވަނީ ކުޅެފަ އެވެ.

މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

ފުރަތަމަ ހާފު މިނަތީޖާގައި އޮވެގެން ނިމުނު އިރު، ދެވަނަ ހާފު ފެށިގެން މާޒިޔާ އިން ވަނީ މޮޅު ކުޅުމެއް ކުޅެ އިތުރު ހަތަރު ލަނޑު ޖަހާފަ އެވެ.

މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަސަދުﷲ އާއި ބިދޭސީ ކުޅުންތެރިޔާ އެލެކްސެންޑާ ރަކިޗް އާއި މުހައްމަދު އުމެއިރު އަދި ސަމްދޫހު މުހައްމަދެވެ.

މި ދެޓީމު އެކުވެރިކަމުގެ މެޗެއް ކުޅުނު އިރު، މިދިޔަ ހޯމަ ދުވަހު ނިއު ރޭޑިއަންޓާއި ކްލަބު ގްރީން ސްޓްރީޓް ވެސް ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. މި މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.

- ކޮމެންޓް