ރައީސް އަބްދުﷲ ޔާމީން އަބަދުވެސް އިރުޝާދު ދެއްވީ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައިގެ ހަޤީޤަތް ހޯދުމަށް ކަމަށް ވިދާޅުވެއްޖެއެވެ.
ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިލްވާން ވަގަށް ނެގި މައްސަލަގެ ތަހުޤީޤް މާ ބާރަށް ނުގެންދެވުމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ރައީސް ޔާމީން ފޮނުއްވި މެސެޖެއް އަލްޖަޒީރާ އިން 2016 ވަނަ އަހަރު ތައްޔާރު ކުރި "ސްޓީލިން ޕެރަޑައިސް" އާންމުކޮށްފައިވާއިރު އަންގާރަ ދުވަހު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ ރިލްވާން ހޯދަން ކެބިނެޓް ލެވެލްގައި ކުރި މަސައްކަތް ރައީސް ޔާމިން ހުއްޓުވި ކަމަށެވެ.
އަދީބްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ޔާމީން ދިފާއުކުރައްވާ މިނިސްޓަރ ޝައިނީ ޓްވިިޓަރ ވިދާޅުވީ ސަރުކާރު ފެށުނީއްސުރެ ކެބިނެޓުގައި މަސައްކަތްކުރެއްވިއިރު، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް، ރައީސް ޔާމީންގެ ބޮލުގައި އެޅުވި ތަހުމަތު ދޮގުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީން އަބަދު ވެސް އިރުޝާދު ދެއްވީ ރިލްވާންގެ މައްސަލަ ފުރިހަމައަށް ތަހުޤީޤްކުރުމަށް ކަމަށް ޝައިނީ ވިދާޅުވިއެވެ.
Allah swt ge heyo rahmaiyfulhun mi sarukaaru feshuneesureiy miadha hama ah cabinet ge Vazeerakah vaa iru, Adeeb Raees Yameen bolugai elhuvi thuhumathu dhogukuran. Raees Yameen abadhuves irushad dhevvee adhi dhevvany Riluwan ge massalaige hageegaiy hodhan.
— Mohamed Shainee (@mshainee) August 7, 2018
ރިލްވާން ވަގަށް ނެގި މައްސަލަ ބެލުން ކެބިނެޓުގައި ރައީސް ޔާމީން ހުއްޓުވިކަމަށް އަދީބް ތުހުމަތުކުރެއްވުމާއި ގދ. މަޑަވެލި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އަންގާރަ ދުވަހު، ވިދާޅުވީ ރިލްވާންގެ މައްސަލަ ކެބިނެޓުން ބަލާފައި ނުވާނެ ކަމަށެވެ.
އެހެންކަމުން ކެބިނެޓުގައި މައްސަލަ ބަލާފައިނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ކެބިނެޓުގައި މައްސަލަ ބަލަން ރައީސް ޔާމީން އިރުޝާދު ދެއްވިކަމަށް ޑރ. ޝައިނީ ވިދާޅުވުމުން ދެ ބޭފުޅުންގެ ވާހަކަ ދިމާނުވަކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝައިނީގެ ޓުވީޓަށް ރައްދުދެމުންނެވެ.