މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން އަމީތު ހައްޔަރުކޮށްފައި ވަނީ، ގދ. ގައްދޫގައި ޑޯޓުޑޯ އިވެންޓެއްގައި ހަރަކާތްތެރި ވަމުންދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް މި ގެންދިޔައީ ރައީސް އަބުދުﷲ ޔާމީން ގދ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވާފައި ވަނިކޮށެވެ.
MP @MohamedAmeeth Gadhdhoo ga D2D jassaniko hayyaru koffi. Yamin aa rashaka ereneeves emmen hayyaru koggen. pic.twitter.com/s4XPXDlPid
— Ibrahim Ameer (@iameeru) August 7, 2018
އަމީތު ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް އަމީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގދ. ގައި ޑޯޓުޑޯ ޖައްސަނިކޮށް އަމީތު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރަށަކަށް އެރެނީ ވެސް އެންމެން ހައްޔަރުކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީތުއާ އެކު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.