ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ ފޮރުވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދާކުރައްވާ ދައުރު ތަހުޤީޤު ކުރެވެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ރިލްވާން ހޯދުމުގެ މަސައްކަތަށް ރައީސް ޔާމީނު ހުރަސް އެޅުއްވި ކަމަށް ތުހުމަތުކުރައްވައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވި ވާހަކަތަކަށް އިޝާރާތްކުރައްވައި ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލަ ތަހުޤީޤް ކުރަން އުޅުމުން އެކަން ތަހުޤީޤް ނުކުރުމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމަށް އެބޭފުޅުންނާއި ވަޒީރުން އެއްބަސްވެފައިވާ ކަމަށާއި އެކަމަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
President Yameen must be investigated for his role in covering up the details of journalist Ahmed Rilwan’s disappearance. Members of his Government, including his Cabinet, have stated that PY himself ordered the investigation to be stopped. PYAG must be held accountable for this.
— Mohamed Nasheed (@MohamedNasheed) August 7, 2018