ރީރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވާއިރު މިހާތަނަށް 45000 މީހުން ރީރަޖިސްޓަރ ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ރީރަޖިސްޓަރ ކުރުމަށް އަންގާރަ ދުވަހާ ހަމައަށް 45000 ފޯމު ލިބިފައިވާކަމަށެވެ. މީގެ އިތުރުން ރަޖިސްޓަރ ވެފައިވާކަން އެސްއެމްއެސްއަކުން އެނގިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) ގައެވެ. ރީރަޖިސްޓަރ ކުރުމަށް ހެނދުނު 08:30 އިން ހަވީރު 05:00 އަށް ވަނީ ހުޅުވާލައިފައެވެ. ހުކުރު ދުވަހު ދުވަސް ފިޔަވާ ރަސްމީ ބަންދު ދުވަސްތަކުގައި 09:30 އިން ހަވީރު 05:00 ރީރަޖިސްޓްރީ ކުރުން ކުރިއަށްދާއިރު ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ 17 ޖުލައި އިން 11 އޯގަސްޓްގެ ނިޔަލަށެވެ. މީގެ އިތުރުން ކެންޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން އިއުލާނު ކުރުމާއި ކެމްޕެއިނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓުގައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިނަލް ވޯޓާސް ލިސްޓު އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރުގައެވެ.