މިއަހަރުގެ އަޟްހާ އީދު ބޮޑު ޖަމާއަތުގައި ކުރަން ބޭނުންވާ ރަށްރަށުން އެކަމުގެ ހުއްދަ ނެގުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް އެކަމަށް އެދި، ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ޖަމިއްޔާތަކުން އެ މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްގެން ނުވާނެ ކަމަށެވެ.
އީދު ނަމާދު އިމާމްވެ ކުރައްވާ ބޭފުޅުންގެ މައުލޫމާތު މިނިސްޓްރީ އަށް ފޮނުވައި އެކަމުގެ ހުއްދަ ހޯދުމަށް ވެސް ސާކިއުލާގައި އަންގާފައިވެ އެވެ.
މީގެ ކުރިން ޖަމާއަތުގައި އީދު ނަމާދު ކުރާއިރު ރަށްރަށުން އިސްލާމިކް މިނިސްޓްރީގައި ހުއްދަ ނަގާކަށް ނުޖެހެއެވެ. މީގެ ކުރިން އީދު ނަމާދުގެ ކަންތައް ކުރިއަށްގެންދަނީ އެރަށެއްގެ ރަށު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މިދިޔަ އަހަރުގެ އަޟްހާ އީދުގައި މާލޭގައި ބޮޑު ޖަމާއަތުގެ ގޮތުގައި އީދު ނަމާދު ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައި ބޭއްވި ބޮޑު ޖަމާއަތުގައެވެ.