މުސްލިމް ވެރިއެއްގެ އެންމެ އިސް ވާޖިބަކީ ޢަދްލު އިންސާފް ޤާއިމް ކުރެއްވުން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމް ވެރިއެއްގެ އެންމެ އިސް ވާޖިބަކީ ޢަދްލު އިންސާފް ޤާއިމް ކުރުމާއި ބައިތުލްމާލުން ޙައްޤު ގޮތުގައި މެނުވީ ޚަރަދު ނުކުރުން ކަމަށެވެ. އަދި ކަންކަމަށް އަމާނާތްތެރިން އައްޔަން ކުރުމާއި ރައްޔިތުންގެ ދިރިއުޅުމުގެ އެންމެހާ އަސާސީ ކަންކަން ލުއިފަސޭހަ ކޮށްދިނުން ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން މިކަންތައް ނުކުރެވޭނަމަ އެފަދަ ވެރިއަކީ ޚިޔާނާތްތެރިއެއް ކަމަށްވެސް ޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
Muslimu veriyegge emme isvajibakee Adhulu insaafu
— Ilyas Hussain (@ilyaasipa) August 6, 2018
gaaimukurumai baithulmalun haggugothugaimenuvee kharadhu nukukurumai kankamah amanaatherin ayyannkurumai rayyithunge dhiriulhumuge emmeha asasee kankan lui faseyhakodhinumeve mikantha nukureveynama efadhaveriyakee khiyanatheiekeve
ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޖުޑިޝަރީ މިވަގުތު އޮތްގޮތާމެދު ގިނަބަޔަކު ދަނީ ކަންބޮޑުވެ ފާޑު ކިޔަމުންނެވެ. ޚާއްޞަކޮށް ވަކިބަޔަކު ބޭނުންވާ ގޮތައް ކޯޓުތަކުން ޙުކުމްތައް ކުރުމާއި ޝަރީޢަތް ކުރުމުގައި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫންތަކާ ޚިލާފަށް އަދި އިންސާނީ ހަމަޔާއިވެސް ޚިލާފަށް މައްސަލަތައް ނިންމާ ކަމުގެ ތުހުމަތު ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ.