ރާއްޖޭގެ މަޝްހޫރު ތާރީޚް ލިޔުންތެރިޔާ ޢަބްދުލް ހަކީމް ހުސައިން މަނިކުގެ ހުވަފަތް އަނބިކަނބަލުން މއ. އެވަރގްލޯރީ ޝަރީފާ މޫސާ ނިޔާވެއްޖެއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ މަންމަ ޝަރީފާ މޫސާ އުމުރުން 88 އަހަރުގައި ނިޔާވީ މުސްކުޅިބަލީގައި އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން އާދީއްތަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ނިޔާވީ ގޭގަ އެވެ.
ހަ ބޭފުޅަކު ލިބިލެއްވި ޝަރީފާ މޫސާ ނިޔާވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ.