އިންޑޮނޭޝިއާއަށް އައި ބިންހެލުމާއިއެކު ސުނާމީގެ އިންޒާރު ނެރެފައިވާއިރު، ސުނާމީގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ހަތް މެގިނިޓިއުޑްގެ ބާރު މިނުގެ އެ ބިންހެލުން އުފެދިފައިވަނީ އިންޑޮނޭޝިއާގެ އުތުރު އައްސޭރިފަށުގެ 15 ކިލޯމީޓަރު އަޑިންނެވެ.
An Earthquake of M 6.7 has occured in the Sumbawa region, Indonesia on 5th Aug 2018 at 1646 hrs local time. There is no threat to Maldives. pic.twitter.com/yanZf17mpB
— Maldives Meteorology (@MetMaldives) August 5, 2018
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފައިވާ ގޮތުގައި ރާއްޖެ ގަޑިން 16:46 ހާއިރު ސަމްބަވަ ސަރަހައްދަށް އައި އެ ބިން ހެލުމުގެ ބާރު މިނަކީ 6.7 މެގިނިޓިއުޑެވެ. އިންޑޮނޭޝިއާގެ ސަމްބަވަ ސަރަހައްދަށް މީގެ ހަފުތާއެއް ކުރިން ވެސް ބިން ހެލުމެއް އައިސް 17 މީހަކު މަރުވެފައިވެއެވެ.
ބިން ހެލުމާއެކު އިންޑޮނޭޝިއާއަށް ސުނާމީއެއްގެ އިންޒާރުވަނީ ނެރެފައެވެ. ނަމަވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖެއަށް އެއްވެސް ނުރަށްކަލެއް ނެތް ކަމަށެވެ.