ބްރިޖްގެ މަސައްކަތްކުރާ ވެހިކަލެއްޖެހި އަމީނީ މަގުގައި ހުރި ގަހެއް ވެއްޓިއްޖެއެވެ.
އަމީނީ މަގުގައި ހުންނަ ސީގަލް ފިހާރަ ކުރިމަތީ ހުރި ގަސް ވެއްޓުނު ވަގުތު އެސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި ގަސް ވެއްޓުނީ ވެހިކަލް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ގަހުގައި ޖެހުމުންނެވެ.

މިކަމާބެހޭ އިތުރު މައުލޫމާތު ހޯދާލުމަށް ފުލުހުންނާ ގުޅާލުމުން ފޯނު ނުނަގާތީ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
