ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާއި ގަވާއިދާއި އަދި ޕްރޮޓޮކޯލްތަކާއި ޚިލާފަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު އުމަރު ހޮނިހިރު ދުވަހުގެ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ފެންނަމަ އަމަލު ކުރަންޖެހޭ އިޖުރާތްތަކެއް އޮންނަކަމަށެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ހަލަބޮލިކޮށް އަމާންކަން ނަގާލަން ރާވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ ފުލުހުންނާއި ސިފައިން ކައިރިން އެކަންކަން ބަލަމުންދާ ކަމަށެވެ.
ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ ޑިފެންސް މިނިސްޓަރ އަމަލު އެ ކުރައްވަނީ ގާނޫނާއި ގަވާއިދާ އަދި އެމްއެންޑީއެފްގެ ޕްރޮޓޮކޯލްތަކާ ޚިލާފަށްކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ކުރައްވާ ކަންތައްކަމަށާއި މިކަމަށް ސިފައިންނާ ފުލުހުން އަމަލު ނުކުރެއްވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
Qaumee salaamathah nurakkaa vaakamah fennanama amal kuran jehey ijuraath thakeh ovey.Defence Minister amal e kuravvanee qaanoon aai qawaaidha adhi MNDF ge protocol thakaa khilaafah. Miee siyaasee beynumah kuravva kanthah.Mikamah sifainaai fuluhun amal nukurevvumah ilthimaaskuran.
— Mohamed Nasheed (@MohamedNasheed) August 5, 2018
އާދަމް ޝަރީފް އުމަރުގެ ޕޯސްޓާއި ގުޅިގެން އެތައްބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ ކުރިމަތިވަމުންނެވެ. އެ ޕޯސްޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ މެންބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ނުރައްކަލެއް އޮތްނަމަ އެކަމެއް ހާމަ ކުރައްވަން ޖެހޭނެކަމަށެވެ. އެފަދަ ކަންކަމުގެ މައުލޫމާތު މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އާއި 241 ކޮމިޓީއަށް ރައީސް އަބްދުﷲ ޔާމީން ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ޝާހިދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
Minister of Defence on FB announces ”reports of a plot to create disturbances” & places MNDF & Police on high alert. With Presidential elections round the corner, many are skeptical.If genuine, Yameen must share details of threat with Parliament National Security Cmte & 241 Cmte.
— Abdulla Shahid (@abdulla_shahid) August 4, 2018