ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 02:37
ޓީސީ ސްޕޯޓްސް ކްލަބުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯޗު ނިޒާމްބެ ވާހަކަ ދައްކަނީ
ޓީސީ ސްޕޯޓްސް ކްލަބުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯޗު ނިޒާމްބެ ވާހަކަ ދައްކަނީ
ރާއްޖެއެމްވީ
ޓީސީ ސްޕޯޓްސް ކްލަބު
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
 
ޓީސީ އާއެކު މި ސަރަހައްދުގެ ގިނަ ގައުމުތަކުގެ ކްލަބުތައް ކުޅޭނެ
 
ބައިނަލް އަގުވާމީ މުބާރާތެއް ކުޅުމަކީ އެޑްވާންޓޭޖެއް: ނިޒާމްބެ
 
ޓީސީ އަށް 100 ޕަސެންޓް ފައިދާ ކުރާނެ: ނިޒާމްބެ

ރާއްޖޭގެ ސީޒަނަށް ނިކުތުމުގެ ކުރިން ޓީސީއަށް ބަންގަދޭޝް މުބާރާތުގައި ކުޅެން ލިބުމަކީ ޓީމަށް 100 ޕަސެންޓެ ފައިދާ ކުރާނެ ކަމެއް ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އެފްއޭއެމްގެ ދައުވަތު ގަބޫލުކޮށް ބަންގްލަދޭޝްގައި އަންނަ މަހު 18 އިން މާޗް މަހުގެ 1 އަކަށް ކުރިއަށްދާ އިންޓަނޭޝަނަލް ކްލަބް މުބާރާތަށް ޓީސީއިން ދާނެކަން ޔަގީންކޮށްދިނުމަށް ދެންމެ އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ ޓީސީ ފަދަ ޅަ ކްލަބަކަށް ބައިނަލް އަގުވާމީ މުބާރާތެއް ކުޅެން ލިބުމަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ނިޒާމްބެ އިތުރަށް ބުނީ ޓީސީގައި މިހާރު މިތިބަ ކުޅުންތެރިންނަކީ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ގައުމީ ޓީމުގައި ކުޅޭނެ ކުޅުންތެރިންކަމަށާއި، މިފަދަ މުބާރާތްތަކުކައި ކުޅެލަން ލިބުމަކީ އެކުޅުންތެރިންނަށް ބައިނަލްއަގުވާމީ ލެވެލްގައި ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.

ޓީސީއިން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޕްރެކްޓިސް ފަށާފައިވާއިރު ނިޒާމްބެ ބުނީ ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ސްކޮޑް އެއްކޮށް ހަމަވާނެކަމަށެވެ. އަދި ޓީމުގެ ޓްރެއިނިން ޕްލޭނަށް ބަދަލު ގެންނަން ނުޖެހޭނެ ކަމަށާއި، ރާއްޖޭގެ ސީޒަން ފެށޭ ހިސާބުގައި ބަންގްލަދޭޝްގެ މުބާރާތް އޮތުމުން ޕްރިސީޒަނަށްފަހު މުބާރާތަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށްވެސް ނިޒާމްބެ ފާހަގަކުރި އެވެ.

ޓީސީގެ ފަރާތުން މިއަދު މައުލޫމާތު ދީފައިވަނީ މުބާރާތުގައި ކެމްބޯޑިއާ، ކޮރެއާ އަދި ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ބަންގްލަދޭޝްގެ ކްލަބުތައް ކުޅޭނެ ކަމަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ މާބޮޑު މައުލޫމާތެއް ލިބިފައިނުވާ ނަމަވެސް މުބާރާތަށް ނިކުންނާނީ ތަށްޓަށް އަމާޒުކޮށްގެންކަމަށްވެސް ޓީސީގެ ކޯޗު ނިޒާމްބެވަނީ ބުނެފަ އެވެ.

މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ނިޒާމްބެވަނީ މިފަދަ މުބާރާތެއް އެކަށީގެންވާ ގޮތަކަށް ރާވާ ހިންގިއްޖެނަމަ، ރާއްޖޭގެ ފުޓުބޯޅަ އަދި ޓޫރިޒަމްއަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށް ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް