ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 16:34
އިލެކްޝަންސް ކޮމިޝަން އޮފީސް
އިލެކްޝަންސް ކޮމިޝަން އޮފީސް
ގޫގުލް
ލޯކަލް ކައުންސިލް އިންތިހާބު
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
 
ލޯކަލް ކައުންސިލް އިންތިހާބް 2 މަސް ދުވަަހަށް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން
 
މިހާރު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް 8 ގައި
 
ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 14 ގައި

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ކަނޑައަޅާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލް ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އަވަސްކޮށްފި އެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގަ އާއި ރިސޯޓުތަކާއި ސިނާއީ މަރުކަޒުތަކާއި އަދި ޖަލުތަކުގައި ގާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލް ކަމަށް އެދި ކުރިމަތިލުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހެއެވެ. މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮފިޝަލަކަށް ވުމަށް އެދި ކުރިމަތިލަންޖެހޭ އެންމެ ފަހު ދުވަހެއް ކަމަށް ކަނޑައަޅާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ.

 

މިގޮތަށް މުއްދަތު އަވަސް ކޮށްފައިވަނީ އޮފިޝަލް ކަމަށް ކުރިމަތި ލުމަށް ކުރިން ދީފައިވާ މުއްދަތު މާ ބޮޑަށް ދިގުކަަމަށް އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

 

އިލެކްޝަން ކޮމިޝަނުގެ ތަމްރީނުތަކަށް ކުރިމަތިލާ ފަރާތްތަކުން އެ މަސައްކަތައް ޚާއްސަކޮށް ބާއްވަ އެއް ދުވަހުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ. އަދި އެ ތަމްރީނުތަކުގައި ބައިވެރިނުވާ ފަރާތްތަކަށް އޮފިޝަލަކަށް ވުމަށް އެދި ފޯމް ހުށަހެޅި ކަމުގައިވީ ނަމަވެސް ފުރުސަތު ނުލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ.

 

މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗު 22 ވަނަ ދުވަހާއި އޭޕްރީލް ފަސް ވަނަ ދުވަހު އެވެ.

 

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބް ދެ މަސް ދުވަސް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އަދި މިހާރު ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް