ރާއްޖޭގެ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމި ކުޅިވަރު ހަރަކާތްތައް ހޮނިހިރު ދުވަހުގެ ރެއަށް ލަސްކޮށްފިއެވެ.
ހޯމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ކުޅިވަރު އައިޓަމްތައް މާދަމާ ރެއަށް ފަސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކުޅިވަރުގެ ހަރަކާތްތައް ހޮނިހިރު ދުވަހުގެ ރެއަށް ލަސް ކުރި ސަބަބެއް ހޯމް މިނިސްޓްރީ ހާމަކޮށްފައި ނުވެއެވެ.
މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތްތައް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:15ގައި ގަލޮޅު ދަނޑުގައެވެ.
ހޮނިހިރު ދުވަހުގެ ރެއަށް މިނިވަންދުވަހުގެ ކުޅިވަރުތައް ފަސްކޮށްފައިވާއިރު މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން ވެސް އޮންނާނީ މާދަމާ ހަވީރެވެ.