ށ. ސިއްރުފެންފުށީ ގައި "ބުދުތަކެއް" ހުރިކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އާއި އަދި ރިޒޯޓުގެ މެނޭޖްމަންޓާއި ގުޅިގެން ދަނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް ހުކުުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރުފެންފުށީ ގައި ހުރި "ބުދުތައް" އެއްކޮށް ނެގުމުގެ މަސައްކަތް މާދަމާ (ހޮނިހިރު) ގެ ނިޔަލަަށް އެއްކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ޓުއަރިޒަމް މިނިސްޓްރީ އަށް އަންގަވާފަ ކަމަށެވެ.
"Sh. Sirrufenfusheegai 'budhu' thakeh huri kamuge mauloomaathu Raeesuljumhooriyyaa ge ofeehah libumaai gulhigen dhannavan. Ethakethi negumuge masakkaiy @TourismMv aai e resort ge management aa gulhigen dhany kuriyah. Adhi mithakethi ekkoh negumuge masakkaiy maadhamaa ge
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) July 27, 2018
1/2
..niyalah ekkoh nimmumah Raeesuljumhooriyyaa ge Ofeehun mihaaru vaany @TourismMv ah angavaafai." -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) July 27, 2018
ފެއާމޮންޓް މޯލްޑްވިސް ސިއްރު ފެންފުށި ރިޒޯޓުގެ މޫދުގައި ހަދާފައިވާ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާރޓް ގެލެރީއަކީ ލާދިނީ އަމަލެއް ކަމަށާއި ކޮންމެ މީހަކު ކުރި ނަމަވެސް އަދި ކޮންމެ އިރަކު ކުރި ނަމަވެސް، ގޯސް ކަމެއް ހަމަ ވާނީ ގޯހަށް ކަމަށް ދީނީ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އަދި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.
"ކޮރަލޭރިއަމް" ގެ ނަން ދީފައިވާ މިތަން ހަދާފައި ހުންނަނީ، ހަ މީޓަރު ހުންނަ ދަގަނޑު ކޮށްޓެއްގެ ގޮތަށް ކަމަށްވާއިރު، އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ކޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ.